ރިޕޯޓް

ޝަފާޒުގެ ތަޖުރިބާއިން އެލައިޑް ޔަގީންކަމާއެކު!

ރާއްޖޭގެ އެއް ނަމްބަރު އިންޝުއަރެންސް ކުންފުންޏަކީ އެލައިޑް އިންޝުއަރެންސް އެވެ. އެންމެ ފުޅާކޮށް ކަވަރޭޖު ދޭ ކުންފުންޏަކީ ވެސް އެއީ އެވެ. އަދި ދާއިރާއަށް އެންމެ ގިނަ މީހުން ނެރުނު ކުންފުންޏަކީ ވެސް އެލައިޑެވެ. އެލައިޑް އިންޝުއަރެންސަށް 35 އަހަރު ފުރުނު އިރު ކުންފުނީގައި މި ވަގުތު ހުރި އެންމެ ގިނަ ދުވަސްވީ ބޭފުޅަކީ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒެވެ.

އޭނާ އެލައިޑުގެ ވަޒީފާއާ ގުޅިވަޑައިގަތީ އުމުރުން 17 އަހަރުގަ އެވެ. މިއަދާ ހަމައަށް އެލައިޑުގައި އޭނާ އުޅުއްވާތާ 25 އަހަރެވެ. ޝިފާޒުގެ ބެއްލެވުމުގެ ދަށުން އެލައިޑުގެ މިސްރާބު މިހާރު ހުރީ އާ ޒަމާނަކަށް ކުންފުނި ގެންދިއުމަށެވެ. އޭނާގެ ތަޖުރިބާއާއެކު އެލައިޑް އޮތީ ޔަގީން ކަމާއެކުގަ އެވެ. ތިރީގައި އެވަނީ އެލައިޑް އިންޝުއަރެންސުގެ އެމްޑީ ޝިފާޒު "އަވަސް" އަށް ދެއްވާފައިވާ އިންޓަވިއުއެއްގެ ހުލާސާ އެކެވެ.

އެލައިޑަށް 35 އަހަރު މިއަދު ފުރޭއިރު، އެ ކުންފުނީގެ ކުރިއެރުން ފާހަގަ ކުރެވެނީ ކިހިނެއްތޯ؟ އޭރާއި މިހާރުގެ ތަފާތަކީ ކޮބައިތޯ؟

އަޅުގަނޑު އެލައިޑަށް ޖޮއިން ކުރި ދުވަސްވަރާ މިހާރު ވަރަށް ތަފާތު. އޭރު އިންޝުއަރެންސް ނަގަނީ ކޯޕަރޭޓް ކްލައިންޓުން. ރިސޯޓުތަކާއި އޮޑި ފަހަރު. އޭރު އިންޓަނެޓެއް ނެތް. އޭރު ޕޮލިސީ ހަދަނީ ވެސް ޓައިޕްރޭޓަރުން. ނަމަވެސް އެވެއާނަސް ކްރިއޭޓްވެ ،2000 ގެ ކުރީކޮޅު ޕާސަނަލް ލައިނުން އިންޝުއަރެންސް ތައާރަފު ވާން ފެށީ. މިގޮތަށް އެންމެ ފުރަތަމަ ތައާރަފު ވެގެން މިދިޔައީ ހޯމް އިންޝުއަރެންސް،

އެލައިޑުގައި ހޭދަ ކުރެއްވި 25 އަހަރު ތެރޭގައި މިހާތަނަށް އެންމެ ފާހަގަ ކޮށްލެވޭ ޗެލެންޖިން ދުވަސްވަރަކީ ކޮބައިތޯ؟

ޗެލެންޖިން ގިނަ ދުވަސް ތަކެއް އެބަހުރި. ދެ ތިން ކަމެއް ފާހަގަ ކުރެވޭ. އެއް ކަމަކީ ވަޒީފާއަށް ވަންތާ ކުރީކޮޅު ދިމާވި ޗެލެންޖުތައް. އެކަމަކު ގޮންޖެހުންތަކުން އަރައިގަނެ ކާމިޔާބު ހޯދީ. ދެން އެންމެ ބޮޑު ޗެލެންޖިން ދުވަސް ތަކަކީ ސުނާމީ ހާދިސާ. ސުނާމީއަށް ފަހު ރިސޯޓުތަކަށް ގޮސް ސާވޭކޮށް ގެއްލުންތައް އެސެސް ކުރަން ޖެހުނު. އެކަމަށް ގާތްގަނޑަކަށް ތިން އަހަރުވި. އާސަންދަ ރޯލް އައުޓްކުރި ދުވަސްވަރު ވެސް ފާހަގަ ކޮށްލެވޭ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އާސަންދަ ރޯލް އައުޓް ކުރަން ލިބުނީ 25 ދުވަސް. އެއީ ބޮޑު މަސައްކަތެއް

ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީގައި މިހާރު ހުރި އެންމެ ބޮޑު ޗެލެންޖަކީ ކޮބައިތޯ؟

އިންޝުއަރެންސް އެވެއާނަސް އަސްލު ހަގީގީ ޗެލެންޖަކީ، އިންޝުއަރެންސަކީ ހަގީގަތުގައި ޔަގީން ކަމެއް މި ދެނީ ކަރުދާސްކޮޅެއްގައި ލިޔެފައި. ގިނަ މީހުން މި ބަލަނީ އަގަށް. އެކަމަކު ނަގާ ކަވަރުގައި ހިމެނެނީ ކޮން އެއްޗެއް ތޯ ބެލުން މުހިންމު. ކޮމްޕެޓިޝަން އައީމަ އަގުތައް ކުޑަކޮށްލާފަ އެބަ އަގު ދަށްކޮށްލާ. މީގެ އިތުރަށް ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީ އޮންނަ ގޮތުން ބޭރުގެ ކުންފުނި ތަކަށް ވެސް އައިސް އެބަ ރާއްޖޭގައި ހަރަކާތްތެރި ވެވޭ. އެކަމަކު ރެގިއުލޭޝަނުން އެކަމަށް ތަނެއް ނުދޭ. މިއީ ކުރެވިގެންވާނެ ކަމެއް ނޫން. ބޭރުގެ މެނޭޖުމަންޓް ތަކުން އިންޝުއަރެންސް އެބަ ނަގާ އެ ބޭފުޅުންގެ ބޭރުގައި ހުންނަ ކޯޕަރޭޓް އޮފީސްތަކުން. ކޯޕަރޭޓް ޑިސިޝަން ނެގީމަ އެ ބްރޭންޑުގެ ހުރިހާ ރިސޯޓު ތަކުން އެބަ ނަގާ. ނަމަވެސް އެހެން ގައުމުތަކުގައި އެގޮތަކަށް ނުނެގޭނެ،

ރާއްޖޭގެ އެންމެ ބޮޑު ސިނާއަތަކީ ޓޫރިޒަމް، އެލައިޑަށް ރާއްޖޭގެ ޓޫރިޒަމް ސެކްޓާގެ ޕްރޮޕަޓީތައް އިންޝުއަ ކުރުމުގެ ފުރުސަތު ލިބޭތޯ؟

ރާއްޖޭގައި 150 ރިސޯޓު އެބަ އޮތް. އެލައިޑުން ޕާޓިސިޕޭޓްވޭ ސަތޭކައެއްހާ ރިސޯޓުގައި. ދެން ހިމެނޭ ބޭރުގެ ކުންފުނިތަކާއި އެހެނިހެން ކޮމްޕެޓިޓާސް

އެމްޑީގެ މަގާމާ ހަވާލުވިތާ ގާތްގަނޑަކަށް އެއް އަހަރުވީ، މިހާރު އެލައިޑު ވަރުގަދަ ކުރަން ކުރައްވަމުންދާ މަސައްކަތް ތަކަކީ ކޮބައިތޯ؟

މިތާގައި ކުރިން ވެސް ހުރެވުނީމަ އެނގޭ އެލައިޑް. އެހެންވެ މިތަނުގައި ހުރި އިންޓާނަލް ކަންކަން ވަރުގަދަ ކުރަން މަސައްކަތް މި ކުރަނީ. އެންމެ ބޮޑު ކަމަކަށް މެނޭޖުމަންޓް އިންފޮމޭޝަން ސިސްޓަމް ރަނގަޅު ކުރުން. އެކަމަށް ބަޔަކަށް އެވޯޑް ކުރެވިއްޖެ. މި އަހަރު ނިމެންވާއިރަށް އެ މަސައްކަތް ނިމޭނެ. ނިމުނީމަ މިތާ ތެރޭގައި އިތުރުން ކަސްޓަމަރުންނަށް ވަރަށް ފަސޭހަ ވެގެންދާނެ. އޮންލައިންކޮށް ގިނަ ފުރުސަތު ތަކެއް ފަހި ވެގެންދާނެ

އެލައިޑަކީ ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި. އެހެންވީމަ މިހާރު ބެލެވެނީ ބޭރުގައި ވިޔަފާރި ކުރަން ފުރުސަތު ލިބޭނެ ކަމަށް. މީގެ ކުރިން އެ ފަދަ ފުރުސަތެއް ލިބިފައި ވޭތޯ؟

ކުރިން ފުރުސަތެއް ލިބުނު. އިސްލާމިކް އިންޝުއަރެންސް ސައިޑުން ދާން ބޭރުގެ ބޭންކްއަކާއެކު ކުރިން 2017 ގައި ވާހަކަ ދެއްކުނު. ނަމަވެސް ވަކި ހިސާބަކުން ކުރިއަށްދާ ގޮތް ނުވީ. ރާއްޖޭގައި މި އޮތީ އިންޝުއަރެންސް ފަސް ކުންފުނި. އަވަށްޓެރި ގައުމު ތަކަށް ބަލާނަމަ މިއީ ބޮޑެތި މާކެޓުތައް. ރެގިއުލޭޝަން ތަކަށް ބެލި ނަމަވެސް. އެހެންވީމަ އެ މާކެޓުތަކާ ކޮމްޕީޓް ކުރަން ޗެލެންޖިން ތަކެއް އެބަހުރި. ޖެނެރަލް އިންޝުއަރެންސް ދާއިރާ އިން ދާން ތަންކޮޅެއް އަވަސް

މި ކުންފުނީގެ އެންމެ ސީނިނަ ބޭފުޅުން މިހާރު ތިއްބެވީ އެހެން ކުންފުނިތަކުގެ އެންމެ އިސް މަގާމުތަކުގައި، މީގެ ސަބަބުން އެލައިޑް އިންޝުއަރެންސަށް އެއްވެސް ޗެލެންޖެއް ކުރިމަތިވޭތޯ؟

ކޮމްޕެޓިޝަންއަކީ ރަނގަޅެއް. ކޮމްޕެޓިޝަން އައީމަ ކަސްޓަމަރުންނަށް ވެސް ރަނގަޅު ވާނެ. މި ކަމުން ކަންތައްތައް އިމްޕްރޫވް ކުރަން ލިބޭ ފުރުސަތެއް އެއީ. އެހެންވެ ހުރިހާ ކަމެއް ވެސް ޕޮޒިޓިވްކޮށް މި ނަގަނީ

ރާއްޖޭގައި ފަސް އިންޝުއަރެންސް ކުންފުނި އެބައޮތް. އެލައިޑް އިންޝުއަރެންސާ އެހެން ކުންފުނިތަކާ ހުރި ތަފާތަކީ ކޮބައިތޯ؟

އިންޝުއަރެންސަކީ ދެވޭ ޔަގީން ކަމެއް. ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަޅުގަނޑުމެން ބަދަލު ދޭނެ ކަމުގެ. އެލައިޑް މިހާރު މިވީ 35 އަހަރު، މިއީ ސަރުކާރު ކުންފުންޏެއް. އެހެންވީމަ އަޅުގަނޑުމެންގެ ފައިނޭންޝަލް ސްޓްރެންތް ވެސް ހުންނާނެ ތާ... އެހެންވީމަ ބަދަލު ދެވޭނީ ކެޕޭސިޓީ ހުރި ކަމަށް. އަޅުގަނޑުމެންގެ ދުނިޔޭގައި ނަގާ ކިޔާ ޓޮޕް ހަ ރީއިންޝުއަރެންސް ކުންފުނި އެބަތިބި. އެހެންވީމަ މިއީ ދުނިޔޭގެ އެންމެ ޓޮޕް ކުންފުނިތައް.

އެލައިޑަކީ ކަސްޓަމާ ބޭސް އެންމެ ބޮޑު ކުންފުނި އަދި ގިނަ ކުންފުނިތަކެއް މިހާރު ވެސް ދަނީ ޝައުގުވެރިވަމުން، އެހެންވީމަ ކަސްޓަމަރުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައި ތޯ؟

އިންޝުއަރެންސް ވިއްކަން މި ޖެހެނީ ކަމެއް ވެދާނެތީ، އޭގެން ބަދަލެއް ދޭން. ފުރަތަމަ ކަމެއް ވެދޭނެތީ ވިސްނާކަށް ގިނަ މީހުން ބޭނުމެއް ނުވޭ. ކުރިން ވިސްނިފައި މި އޮންނަނީ ކަމެއް ދިމާވެއްޖެނަމަ ގާތް ތިމޭގެ މީހުން ނޫނީ ރައްޓެހިން އެހީވާނެއޭ. ނޫނީ ސަރުކާރުން ވާނެއޭ. ނަމަވެސް އިންޝުއަރެންސް ނެގުމުން އެހެން ބަޔަކަށް ބަރޯސާ ނުވެ އަމިއްލައަށް ރައްކާތެރިކަމެއް މި ހޯދައި ދެނީ. ކަސްޓަމަރުންނަށް ބުނެލަން އޮތީ އަޅުގަނޑުމެންގެ ފައިނޭންޝަލް ސްޓްރެންތް އެބަ ހުއްޓޭ. އެހެންވީމަ ކަވާ ނަގާއިރު އެންމެ ރަނގަޅު ކަވާ ލިބޭ އެއްޗެއް ނަގަން