ހަބަރު

ސޯބެ ބަލިކޮށް ނިޒާރު ޓިކެޓް ކަށަވަރު ކޮށްފި

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް، ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ކާމިޔާބު ކުރައްވައިފި އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ވަނީ ޕްރައިމަރީ ކުރިއަށް ގެންގޮސްފައެވެ.

އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރުމަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް ތިން ކެންޑިޑޭޓަކު ޕްރައިމަރީގައި ވާދަކުރިއެވެ. އެއީ
އަހުމަދު އަދުހަމް، އަލީ ނިޒާރު
އަދި އަބްދުﷲ ސޯދިގެވެ. އިންތިހާބުން ކުރި ހޯއްދަވާފައިވަނީ ކުރީގެ މެންބަރު އަލީ ނިޒާރެވެ. ނިޒާރާ ވާދަ ކުރެއްވީ ނިމިދިޔަ ތިން ދައުރުގައިވެސް އައްޑޫ ސިޓީގެ މޭޔަރަކަށް ހުންނެވި އަބްދުﷲ ސޯދިގެވެ.

ސޯބެވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވާ ނިޒާރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެމްޑީޕީއަށް އެ ގޮނޑި ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށް ވަނީ އެދިފައެވެ.