ހަބަރު

ޝިފާ ބަލިކޮށް އަނަސް ޓިކެޓް ހޯއްދަވައިފި

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ކާމިޔާބު ކުރައްވައިފި އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ވަނީ ޕްރައިމަރީ ކުރިއަށް ގެންގޮސްފައެވެ. މާލޭގެ މޭޔަރު ކަމުގެ ޓިކެޓް ހޯދުމަށް ހަތް ބޭފުޅަކު ވަނީ ވާދަކުރައްވާފައެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި ބޭފުޅުން

  • އަހުމަދު ނިޔާޒް ހ. ޕާޑަންވިލާ
  • އާދަމް މަނިކް މއ. ގޮމަށިގެ
  • އަނަސް އަބްދުއް ސައްތާރު މ. ބަޑިކުޅިމާގެ
  • ޝިފާ މުހައްމަދު ގ. އެޓްނާ
  • ޝަމާއު ޝަރީފް މ. ސަނީކޯސްޓް
  • އިބްރާހިމް ރަޝީދު މޫސާ ހ. ދޫހިމެރިގެ
  • އަބްދުﷲ ސައީދު މ. އަރީޝް

އަނަސްއާ އެންމެ ގާތުން ވާދަ ކުރެއްވީ މިހާރު މާލޭގެ މޭޔަރަކަށް ހުންނެވި ޝިފާ މުހައްމަދެވެ.

އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ހުރިހާ ކެންޑިޑޭޓުންވެސް ވަނީ ވަރުގަދަ ކެންޕެއިންތަކެއް ކޮށްފައެވެ. ސަރުކާރުގެ ވެެރިންވެސް ވަނީ އެކި ކެންޑިޑޭޓުންނަށް ކެންޕެއިން ކޮށްދީފައެވެ.