ޑރ. މުހައްމަދު ޖަމީލް އަހުމަދު

"ޝަރަފް ދިފާއުކުރަން ލަދުގަންނަ ބަޔަކު ބޭޒާރުވާނީ ހުތުރުކޮށް"

ގައުމެއްގެ ޝަރަފް ދިފާއުކުރަން ލަދުގަންނަ ބަޔަކު ބޭޒާރުވާނީ ހުތުރުކޮށް ކަމަށް ވިދާޅުވެ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޖަމީލް، މާރިޔާއަށް ފާޑުވިދާޅުވީ އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ވޯޓް ދިނުމަށްފަހު ނޫސްވެރިންނާ ބައްދަލްކުރައްވާ ދެއްކެވި ވާހަކަފުޅުގައި އިދިކޮޅު ޕާޓީތަކަށް ފާޑުވިދާޅުވުމާއި ގުޅިގެންނެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއާއެކު އިދިކޮޅު ފަރާތްތަކުން މޭކަރާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށް ވިދާޅުވީ ކައުންސިލްތަކަށް ފަހިވާނެ ގޮތަށް ގާނޫނުތަކަށް ބަދަލު ގެނެސްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އެކަކު ނެތަސް އަމިއްލައަށް ހަލާކުވާތަން ފެންނަމުންދާ ކަމަށެވެ. އަދި ގާނޫނު އަސާސީއަށް އިހާނެތިކޮށް ހިތާފައިވާ ކަމަށާ ގައުމެއްގެ ޝަރަފް ދިފާއުކުރަން ލަދުގަންނަ ބަޔަކު ބޭޒާރުވާނީ ހުތުރުކޮށް ކަމަށް ވިދާޅުވެ މާރިޔާއަށް ފާޑުވިދާޅުވިއެވެ.

"ފައިން އެރުމަށްފަހުވެސް ހުވާ ކުރައްވަން ޖެހުނީ އެ ގާނޫނުއަސާސީގެ ދަށުން ދެއްތޯ." މަޖިލީހުގައި އިހުތިޖާޖު ކުރެއްވި ދުވަހު މޭޒުކޮޅުގެ މައްޗަށް އަރާ ހުންނަވާ މާރިޔާ އިހުތިޖާޖު ކުރެއްވި ހަނދާން އައު ކޮށްދެއްވަމުން ޖަމީލް ސުވާލު ކުރެއްވިއެވެ.