ރައީސް މުހައްމަދު ނަޝީދު

އިންތިހާބަށް ޕީޕީއެމް، ޖޭޕީ ނިކުންނާނެ ކަމަށް ލަފައެއް ނުކުރެވޭ: ނަޝީދު

ކުރިއަށް އޮތް ލޯކަލް ކައުންްސިލް އިންތިހާބުގައި ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީން ބައިވެރިވާނެ ކަމަށް ލަފާ ނުކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވަރަށް ބޮޑު އަގްލަބިއްޔަތެއް ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އެމްޑީޕީން އިންތިހާބާއި ކުރިމަތިލަނީވެސް 60 ޕަސެންޓް ގޮނޑި ލިބޭނެކަން އެއްވެސް ޝައްކެއް ނެތި ޔަގީން ކޮށްގެން ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އަދި ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީން ވާދަ ކުރާނެ ކަމަށް ލަފާ ނުކުރައްވާ ކަމަށެވެ. އެ ދެ ޕާޓީއަކީ އެވަރުގެ ގާބިލްކަމެއް ހުރި ދެ ޕާޓީ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެއްވެސް ޝައްކަކާ ނުލައި 60 ޕަސެންޓް ގޮނޑިއާއެކީ އަޅުގަނޑުމެން މި ފަށަނީ. ހަމަ އެއްވެސް ޝައްކެއް ނެތް ގޮތުގައި 60 ޕަސެންޓް ގޮނޑިއާއެކު މި ފެށެނީ. އަޅުގަނޑަށް ލަފައެއް ނުުރެވޭ އެހެން ޕާޓީތަކުން ބައިވެރިވާނެ ކަމަކަށް އިނގޭތޯ، އެއްގޮތަކަށްވެސް ހަމަ ހަގީގަތުގައި އަޅުގަނޑު ލަފައެއް ނުކުރަން މިސާލަކަށް ޕީޕީއެމުން އިންތިހާބުގައި ވާދަކުރުމުގެ ގާބިލްކަމެއް އެ ބޭފުޅުންގެ ގައިގައި ހުރި ކަަމަކަށް. އަދި އަޅުގަނޑު ލަފައެއް ނުކުރަން ޖުމްހޫރީ ޕާޓީންވެސް މި އިންތިހާބުގައި ބައިވެރިވެ އިންތިހާބަށް ކެންޑިޑޭޓުން ފީލްޑް ކުރެވޭނެ ގާބިލްކަމާއި އަދި ކެންޑިޑޭޓުން ނެރުމުގެ ހިންގަން ޖެހޭ ހުރިހާ ކަމެއް ހިންގާފައެއް ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއްވެސް ޝައްކަކާ ނުލައި 60 ޕަސެންޓް ގޮނޑިއާއެކީ އަޅުގަނޑުމެން މި ފަށަނީ. ހަމަ އެއްވެސް ޝައްކެއް ނެތް ގޮތުގައި 60 ޕަސެންޓް ގޮނޑިއާއެކު މި ފެށެނީ. އަޅުގަނޑަށް ލަފައެއް ނުުރެވޭ އެހެން ޕާޓީތަކުން ބައިވެރިވާނެ ކަމަކަށް އިނގޭތޯ، އެއްގޮތަކަށްވެސް ހަމަ ހަގީގަތުގައި އަޅުގަނޑު ލަފައެއް ނުކުރަން މިސާލަކަށް ޕީޕީއެމުން އިންތިހާބުގައި ވާދަކުރުމުގެ ގާބިލްކަމެއް އެ ބޭފުޅުންގެ ގައިގައި ހުރި ކަަމަކަށް. އަދި އަޅުގަނޑު ލަފައެއް ނުކުރަން ޖުމްހޫރީ ޕާޓީންވެސް މި އިންތިހާބުގައި ބައިވެރިވެ އިންތިހާބަށް ކެންޑިޑޭޓުން ފީލްޑް ކުރެވޭނެ ގާބިލްކަމާއި އަދި ކެންޑިޑޭޓުން ނެރުމުގެ ހިންގަން ޖެހޭ ހުރިހާ ކަމެއް ހިންގާފައެއް ނެތް
މުހައްމަދު ނަޝީދު | އެމްޑީޕީގެ ރައީސް

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ބައެއް ރަށްރަށުން ވަރަށް ގިނަ މެންބަރުން ވޯޓްލާން ނިކުމެފައިވާ ކަމަށެވެ. އެ އަދަދަކީ ޝައްކެއް ނެތް މިންވަރަށް ގޮނޑި ކާމިޔާބު ކުރެވޭނެ އަދަދުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގައި އެއްވެސް ޕާޓީއަކާއި މަސައްކަތް ކުރައްވާނަންތޯ ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ އެކަން ނުކުރައްވާނެ ކަމަށެވެ. އަދި އެމްޑީޕީން އެއްވެސް އިއްތިހާދެއް ނުހަދާނެ ކަމަށެވެ. އަމާޒަކީ އެންމެ ގިނަ ގޮނޑި ނަގާ ޕާޓީއަކަށް އެމްޑީޕީވުން ކަމަށް ވިދާޅުވިއެވެ.

"އެއްވެސް އިއްތިހާދެއް އެމްޑީޕީއަކުން ނުހަދާނެ، އެމްޑީޕީގެ އަމާޒަކީ އެންމެ ގިނަ ގޮނޑި އެމްޑީޕީއަށް ނެގުން." ނަޝީދު ވިދާޅުވިއެވެ.

އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި ހުރިހާ ގޮނޑިތަކަށް ވާދަކުރައްވާނެ ކަމަށް ޕީޕީއެމް އަދި ޖޭޕީންވެސް ވަނީ ބުނެފައެވެ. އަދި ގިނަ ބަޔަކު ދަނީ އެ ދެ ޕާޓީގެ ޓިކެޓް ހޯދުމަށް ހުށައަޅަމުންނެވެ.