ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ޗައިނާގައި ތިބި ދިވެހިން އިންޑިއާއަށް ގެންގޮސްފި

ޗައިނާގައި ފެތުރެމުންދާ ނުރައްކާތެރި ކޮނޯރާ ވައިރަހާއި ގުޅިގެން އެ ގައުމުގައި ތިބި ދިވެހިން އިންޑިއާއަށް ގެނެސްފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވުހާން ގައި ތިބި ހަތް ދިވެހިން އިންޑިއާއަށް އައިސްފައިވަނީ އެއާ އިންޑިއާގެގެ ހާއްސަ ފްލައިޓެއްގައެވެ. މިއީ ޗައިނާގެ ވުހާންގައި ތިބި އިންޑިއާގެ ރައްޔިތުން އެ ގައުމަށް ގެނައުމަށް އިންޑިއާ ސަރުކާރުން ފޮނުވި ފްލައިޓެކެވެ.

މިނިސްޓަރު ޝާހިދު ވަނީ ވުހާންގައި ތިބި ދިވެހިން އެ ގައުމުން ގެނެސްދިނުމުގައި ވެދީފައިވާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. ޝާހިދު ވިދާޅުވީ ވުހާންގައި ތިބި ދިވެހިން އައިސްފައިވަނީ އިންޑިއާގެ ދިއްލީއަށް ކަމަށެވެ. އަދި އެ މީހުން އެނބުރި ރާއްޖެ އަންނާނީ ދިއްލީގެ ކަރަންޓް ފެސިލިޓީއެއްގައި ތިބުމަށްފަހު ކަމަށެވެ.

ޝާހިދު ވަނީ ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަމަށްޓަކައި އެ ގައުމުގެ ސަރުކާރުން ކޮށްދިން މަސައްކަތްތަކަށްވެސް ޝުުކުރު އަދާކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ޗައިނާގެ ވުހާންގައި ދިވެހިންގެ ނުވަ މީހަކު ތިއްބެވެ. ނަމަވެސް ދެ މީހަކު ރާއްޖެ އައުމަށް ބޭނުންނުވާތީ އިންޑިއާއަށް އައީ ހަތް ދިވެހިންނެވެ. އަދި އެ ފްލައިޓްގައި އިންޑިއާގެ 323 ރައްޔިތުން އެ ފްލައިޓްގައި އިންޑިއާއަށް ވަނީ އައިސްފައެވެ.