ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖެއިން ޗައިނާއަށް 1 މިލިއަން މަސްދަޅު ހަދިޔާ ކުރަނީ

Feb 4, 2020
1

ކޮރޯނާ ވައިރަސް ފެތުރުމާ ގުޅިގެން ޗައިނާއަށް ދިމާވެފައިވާ ދަތިތަކަށް އެހީވުމުގެ ގޮތުން ރާއްޖެއިން އެ ގައުމަށް 1 މިލިއަން މަސްދަޅު ހަދިޔާ ކުރަން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖެއަށް ގިނަ އެހީތަކެއްވާ ގައުމެއް ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ރާއްޖެއަށް ވެވެން އޮތް ހުރިހާ އެހީއެއް އެ ގައުމަށް ވާނެ ކަމަށެވެ. އެގޮތުން އެއް މިލިއަން މަސްދަޅު ހަދިޔާ ކުރަން ނިންމާފައިވާ ކަން އިއުލާން ކުރައްވައި ޝާހިދު ވަނީ މަސްދަޅު ކޭހެއް ޗައިނާގެ ސަފީރު ޒަންގް ލިއޮންއާ ހަވާލުކުރައްވައިފަ އެވެ.

ސަފީރު ވަނީ ރާއްޖެއިން ދެއްވި އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

ޗައިނާގެ ވޫހާން ސިޓީގައި ކޮރޯނާ ވައިރަސް ފެތުރި އެ ގައުމުގެ ބޮޑު ބަޔަކަށް އެ ބަލީގެ އަސަރުކޮށްފައިވާއިރު ގިނަ ފެކްޓަރީތަކާއި އޮފީހާއި ފިހާރަތައް ވަނީ ބަންދުކޮށްފަ އެވެ. އަދި މާސްކު ފަދަ ތަކެތި ހޯދަން ވެސް އެ ގައުމަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދެއް އޮންނަ ޗައިނާއަށް ދިމާވި މި ހާލަތާ ގުޅިގެން އެ ގައުމަށް ބޮޑެތި ގެއްލުންތަކެއްވަމުން އަންނައިރު ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ކަންކޮޅަށް ފެތުރި އެ ބަލި ޖެހުނު މީހުންގެ އަދަދު 20،000 އަށް ވުރެ ވަނީ މަތިވެފަ އެވެ.