ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

މިހާތަނަށް 11،000 މީހުންގެ ބުކިން ކެންސަލްކޮށްފި

ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއާއެކު ފަތުރުވެރިންގެ ބުކިންސްގެ ތެރެއިން 11،000 ބުކިންސް ރާއްޖެއަށް ކެންސަލް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭއިން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި ރިސޯޓްތަކުގައި ވެސް ފަރުވާ ދެވޭނެ ރަނގަޅު ނިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފަރުވާ ދެވޭނެ ގޮތަށް ތިން ރިސޯޓެއް ފިޔަވައި އެހެން ހުރިހާ ރިސޯޓްތަކެއްގައި އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ. އެ ތިން ރިސޯޓްގައި ވެސް ފަރުވާ ދެވޭނެ އެންމެ ރަނގަޅު އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ އައުމަށް ބުކިންސް ހަދާފައިވާ ފަތުރުވެރިންގެ ތެރެއިން 11،000 ވުރެ ގިނަ މީހުންގެ ދަތުރު ކެންސަލްކޮށްފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ މަހުގެ 26 ފެށިގެން މިއަދުގެ ނިޔަލަށް މުޅިން އާ 24،000 ބްކިން ލިބިފައިވާ ކަމަށެވެ.

"26 ޖެނުއަރީން ފެށިގެން މިއަދާ ހަމައަށް ސްޓެޓިސްކަލީ މިދަނީ ބަލަމުން ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ ކެންސަލޭޝަން. އެގޮތުން މިހާރު ގާތްގަނޑަކަށް 11،115 ކެންސަލޭޝަން އެބައޮތް މި ދެންނެވި ޕީރިއަޑްގެ ތެރޭގައި. އެއީ ޖެނެއަރީ 26 އިން ފެށިގެން ދޭއް ފެބްރުއަރީއާ ހަމައަށް. ނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ހަމަ އެ ޕީރިއަޑްގެ ތެރޭގައި ޖުމްލަ އައު 24،790 ބްކިންސް އެބައޮތް." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮރޯނާ ވައިރަސްގެ ސަބަބުން އިގްތިސޯދަށް ނުރަނގަޅު އަސަރުތަކެއް ކުރި ނަމަވެސް މިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރުގެ ޖަނަވަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަަދަދު އިތުރުވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީގައި ރާއްޖެ އައިސްފައިވަނީ 1،51550 ފަތުރުވެރިންނެވެ. މި އަހަރުގެ އެ މުއްދަތުގައި 1،73874 ފަތުރުވެެރިން ރާއްޖެ އައިސްފައިވެ އެވެ.