އޮނަރީ ށިސްއެބިލިޓީ އެމްބެސެޑާގެ ލަގަބު، އަހުމަދު ހިޝާންގެ އަތުން ނަގަން ޖެންޑާ މިނިސްޓްރީއިން ނިންމައިފި އެވެ.
ހިޝާން އެ މަގާމުން ދުރުކުރީ ޖެންޑާ މިނިސްޓްރީއިން ބުނި ގޮތުގައި އިޖުތިމާއީ ގޮތުން ހިދުމަތްކުރެއްވުމަށް ޓަކައި އޮނަރަރީ މަގާމުތަކުގައި ހުންނަވާ ފަރާތްތަކަކީ ނަޒާހަތްތެރި އަދި އާންމު ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ ފަރާތްތަކެއް ކަމަށްވާން ޖެހޭތީ ކަމަށެވެ.
ހިޝާންއަށް އެމްބެސެޑާކަން ދިނީ މިދިޔަ އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހު އެވެ. އޭނާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކި ގޮތްގޮތުން އެހީ ހޯދައިދޭ ފަރާތެކެވެ.
ނަމަވެސް އޭނާއާ ގުޅޭ ގިނަ ޝަކުވާތަކެއް މިފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެގޮތުން ބައެއް ކުދިންނަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ.
ފުލުހުން ދަނީ ހިޝާންއާ ގުޅޭ މައްސަލައެއް ތަހުގީގު ވެސް ކުރަމުންނެވެ. އޭނާ ބޭރަށް ފުރައިގެން ދަނީ ވަނީ ހިފަހައްޓާފަ އެވެ. އޭގެ ކުރިން ހިޝާން ވަނީ އޭނާއަށް މުއައްސަސާތަކުން ބިރު ދައްކާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން ފުލުހުން އޭނާއާ ސުވާލު ކުރުމުން އެއްބާރުލުން ދީފައެއް ނުވެ އެވެ.