މޫދަށް ވެއްޓުނު ޗައިނާ ކުޑަކުއްޖަކު ސަލާމަތް ކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަލް އެއާޕޯޓް އޮންނަ ހުޅުލޭގެ ޖެޓީ ކައިރީ ހުއްޓާ މޫދަށް ވެއްޓުނު ޗައިނާގެ ކުޑަކުއްޖާ ސަލާމަތް ކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީގެ މުވައްޒިފެކެވެ.
އެމްއޭސީއެލް އިން ބުނީ މޫދަށް ވެއްޓުނު ކުޑަ ކުއްޖާ ސަލާމަތްކުރީ އެ ކުންފުނީގެ ފަޔާ ފައިޓާ ޓްރެއިނީ އިބްރާހިމް ނަސްރު ކަމަށެވެ. އެމްއޭސީއެލްއިން ވަނީ ނަސްރު ކުރި އެ ހިތްވަރަށް ތައުރީފު ކޮށްފަ އެވެ.
މީގެ އިތުރުން ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވެސް ވަނީ ނަސްރުގެ މަސައްކަތަށް ޝުކުރު ދަންނަވާފަ އެވެ.
މޫދަށް ވެއްޓުނު ޗައިނާ ކުޑަކުއްޖެއް ސަލާމަތް ކޮށްފައިވާއިރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ޗައިނާގެ ފަތުރުވެރިން ގެނބިގެން މަރުވުމުގެ ހާދިސާތައް ގިނަ އެވެ.