ހަބަރު

ހާރިޖީ ދާއިރާގެ ހިދުމަތްތެރިޔަކު އަވަހާރަވެއްޖެ

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ އިބްރާހިމް އާސިފް އަވަހާރަވެއްޖެ އެވެ.

އާސިފަކީ 29 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ހާރިޖިއްޔާގައި މަސައްކަތް ކުރައްވާފަ އެވެ.

އާސިފް އަވަހާރަވީ ރޭ ދަންވަރުގެ ވަގުތެއްގައި ކުއްލި ގޮތަކަށެވެ. އާސިފް އަވަހާރަ ވުމާ ގުޅިގެން އޭނާގެ އަނބިކަނބަލުންނާ އާއިލާގެ ބޭފުޅުންނަށް މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

އަދި ސްރީލަންކާގައި މިވަގުތު ތިއްބެވި އާސިފްގެ އަނބިކަނބަލުންނާއި ބޭފުޅުންގެ އިތުރުން އާސިފްގެ ބޭބެއަށް މިނިސްޓަރު ޝާހިދު ފޯނުން ގުޅުއްވެވި އެވެ.