ސިއްހަތު

އޮންކޯ ސްޕެކްޓްރާ: މިއަދު އޮތީ ނަރުހުންނަށް

Feb 3, 2020
2

ސަރުކާރާއި ރައްޔިތުންގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން އިސްވެ ކުރިޔަށްގެންދާ އޮންކޯ ސްޕެކްޓްރާ ފޯރަމްގައި ނަރުހުންނަށް ހާއްސަ ވޯކްޝޮޕެއް ކުރިޔަށް ގެންގޮސްފި އެވެ.

މިއަދު ހެނދުނު ފަށައި ހަވީރު ނިންމާލި ވޯކްޝޮޕް އޮތީ އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓްގަ އެވެ. މި ވޯކްޝޮޕް ކުރިޔަށް ގެންގޮސްފައި ވަނީ "ރޯލް އޮފް ނާސަސް އިން އިމްޕްރޫވިން ކެންސަރ ކެއަރ" ގެ ނަމުގައެވެ. ވޯކްޝޮޕްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޑޮކްޓަރުން މައުލޫމާތު ހިއްސާ ކުރެއްވި އެވެ.

ކެންސަރު ބަލީގެ ދުވަހާ ގުޅުވައިގެން އޮންކޯ ސްޕެކްޓްރާ ފޯރަމް ކުރިޔަށް ގެންދަނީ އެސްޓީއޯގެ އިތުރުން ޑރ. ރެޑީސް އާއި ކެންސަރު ސޮސައިޓީ އާއި ،އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލް ގުޅިގެންނެވެ. މިއީ މި ފޯރަމް ބާއްވާ ދެވަނަ އަހަރެވެ.