ރައީސް މުހައްމަދު ނަޝީދު

މާލޭގައި ހިނގާފައި އުޅެވޭނެ، ވެހިކަލްތަކުގައި އުޅޭނެ ކަމެއް ނެތް: ނަޝީދު

މިދިއަ ރޯދަ މަހު ރައީސް މުހައްމަދު ނަޝީދު އެކުރިންކޮޅަކާއެކު ބައިސްކަލް ބުރު ޖައްސަވަން ނުކުމެ ވަޑައިގެން -- ފޮޓޯ: އަވަސް އާކައިވް
25%
0%
75%

މާލޭގައި އެއް ތަނުން އަނެއް ދާން ހިނގާފައި ނުވަތަ ބައިސްކަލުގައި އުޅެވޭނެ ކަމަށާއި އެއް ތަނުން އަނެއް ތަނަށް ދާން ކާރާއި ސައިކަލު ފަދަ ވެހިކަލްތައް ބޭނުންވާނެ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވަނީ
އެއްގަމު އުޅަނދު ފަހަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅުއްވާފަ އެވެ.

މެންބަރު ޔާސިރު ބިލު ހުށަހަޅުއްވައި ނިމުމުން ރައީސް ނަޝީދު ވިދާޅުވީ މާލޭގައި ކާރޫބާރޫބޮޑުވެ އެއްގަމުގައި ދުއްވާ ތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އެކަމަކު މާލޭގައި އެއް ތަނުން އަނެއް ތަނަށް ދިއުމަށް އެހާ ގިނަ އަދަދެއްގެ ކާރާއި ސައިކަލު ބޭނުންވާ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

އެމަނިކުފާނު ދެން ވިދާޅުވީ ހަމައެކަނި އޭގެ ސަބަބެއްގެ ގޮތުގައި ވިސްނި ވަޑައިގަންނަވަނީ މާލޭގެ ޕޭމަންޓްތައް ހަނިވެ، ބައެއް ޕޭމަންޓްތަކުގެ ގާތައް ނެއްޓިފައި އޮތް އޮތުން ކަމަށެވެ. ނަމަވެސް އެއީ ސަބަބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ފަހަރުގައި ވެދާނެ ޕޭމަންޓްގައި ހިނގަން ފަސޭހަ ނުވަނީ ކަމަށް ވެސް، އެއީ ދެން ސަބަބެއް ވެސް ނޫން. އަޅުގަނޑު ވެސް ޕޭމަންޓް މަތީގައި ހިނގާފައި އުޅޭ މީހެއް. ދެން މީގެ ކުރީގައި އަޅުގަނޑުމެން އުޅުނީ ފަރު މަތީ ހިނގާފައި. ދެން މިއަދު އެ ޕޭމަންޓް މަތީގައި ގާ ކޮޅެއް ހިއްލިލާފައި އިންނާތީވެ، އެއީ ދެން މާ ބޮޑު ކަމަކަށް ހަދާފައި، އެ ތާ މަތިން ނުހިނގިގެން މި އުޅެނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މާލޭގައި ލައިސަންސެއް ރަޖިސްޓްރީ ކޮށްދެނީ ކާރު ނުވަތަ ސައިކަލު ބާއްވާނެ ތަނެއް ވެސް ދެއްކުމުން ކަމަށާއި އެހެންކަމުން ގަވާއިދުން އެ ކަން ކުރާނަމަ މަގުތަކުގައި ދުއްވާ އުޅަނދުފަހަރު ގިނަވެގެން އުޅެން ނުޖެހޭނެ ކަމަށެވެ.

މަލޭގައި ގިނަ ބަޔަކު ހިނގާބިނގާވެ ނުވަތަ ބައިސްކަލުގައި އުޅެން ފަށައި، އެފަދަ އާދަތަކެއް ހަރުލައިފިނަމަ މާލޭގެ ކާރޫބާރޫ ބޮޑުވުމާއި ޕާކިންގެ މައްސަލަތައް ކޮންމެ ވެސް ވަރަކަށް ފިލައިގެން ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ވީހާވެސް ގިނަ ބަޔަކު ހިނގާފައި އުޅުމަށް އިލްތިމާސް ކުރެއްވި އެވެ.

"އަޅުގަނޑު ދަންނަވަން އުޅޭ ވާހަކައަކީ އަޅުގަނޑަކީ ވެސް މި ރަށުގައި އުޅޭ މި ރަށު މީހެއް. ތިޔަ ބާވަތުގެ ނުރައްކާތަކަކާ އަދި ދިމާވެފައެއް ނެތޭ. އެއް ތަނުން އަނެއް ތަނަށް ހިނގާލާފައި އެބަ އުޅެވެޔޭ. ވީހާވެސް ގިނަ ބޭފުޅުން ހިންގަވާފައި އުޅުއްވުން އަދި ނޫންނަމަ ބައިސްކަލުގައި އުޅުއްވުމުން، އެ އާދަ އަޅުގަނޑުމެންގެ ތެރޭގައި ގެންގުޅެން ފަށައިފިއްޔާ މި މާލެ އައިސްފައިވާ ކާރޫބާރޫ ކޮންމެ ވެސް ވަރަކަށް ފިލައިގެން ދާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ބިލުގައިވާ ބައެއް ކަންކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ބިމުގެ ޖާގައަށް ރިއާޔަތްކޮށް އެ ރަށެއްގައި އެއްގަމު އުޅަނދު ގެންގުޅެވޭނެ އަދަދެއް ކަނޑައަޅަން ލާޒިމު ކުރާނެ ކަމަށެވެ. އަދި އެ އަދަދެއް ކަނޑައެޅުމުގައި ބަލާނެ ހަމައެކަނި ކަމަކީ ވެސް ރަށުގެ ބިމުގެ ޖާގަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"[އެ އަދަދު ވާނީ] އަޅުގަނޑުމެން މީހެއްގެ ޖީބުގައި ފައިސާ ހުރި އަދަދަކަށް ނޫން. އަދި ޖަޕާނުގައި، މެލޭޝިއާގައި މި ތަކެތި ހަދާ އަދަދަކަށް ވެސް ނޫން. އަދި ބޯޓުފަހަރުގައި ރާއްޖެއަށް އެ ތަކެތި ގެނެވޭ އަދަކަށް ވެސް ނޫން. އެ ރަށެއްގެ ބިމުގައި އޭގެ ޖާގަ އޮތް ވަރަކަށް އެ ތަކެތި ގެނެވޭނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

11 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަނގަގަދަ

މިހުރިހާ ވާހަކައެއް ދައްކާފަ ގެއަށް ނައްޓާލީ ކާރުގަ. މޮޅެއްނު

މައުމޫނު

ވެރިކަމާނުތޮޅެވެސް އުޅެވޭނެ. އެކަމަކު ހިފި ނުހުރެގެން ތިޔަތެޅެނީ ކީއްވެ؟

އަލީދު

ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއްގެނެސް، ޕޭމަންޓް އެއީ ބޭނުން ކުރަން ފަސޭހަ ތަނަކަށް ހަދާބަލަ! މާލޭގައި އުޅޭ ވާހަކަ ދައްކާއިރު ގިނަ މަގުތަކުގައި ޕޭމަންޓެއް ނޯންނަކަންވެސް ނޭގެނީތަ! އަމިއްލަ އަނބިމީހާގެ ފެމިލީ ކުންފުނިން އެއްރުފިޔާ ނަގާފައި ދަރަނިއަށް އެއެއް މިއެއް ނުބަލާ ސައިކަލު ބެހި، އަދި މިހާރު އެންމެ ގަދައަށް ސައިކަލު ވިއްކާ ކުންފުނީގެ ބޮޑު މީހާގެ އެހީ ކެންޕެއިން ތެރޭގައި ގަދައަށް ހޯދިތަން ފެނުނު. ދެން ބޮޑު ގޮނޑީގައި އިނދެގެން ހެޑްލައިން މި އަރުވަނީ. ހަމަ ވިސްނޭ މީހަކަށް ހަގީގަތް އިނގޭނެ.

މެހިދާ

އެހެންވެ ނޫންތަ އެއަރޕޯރޓްތާއް ތި އަޅަނީ ޖީބުގައި އޮތް މޯބައިލް ފޯނު އެއްލާލާ ވޯކޯތޯކީ ސެޓެއް ގެންގުޅޭ ލޯންޗްގައު އިންޖީނު ނަގާފަ ރިޔާލުގަ ދުއްވާގޮތަށް ހަދަން ފެނޭ

ބެއްޔާބެ

މަވެސް ރައްތިޔުންގެ މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިންނަން ލިބުނީމާ ފިސާރި ރީތި ވާހަކަ ދައްކަނަށް.

މުބީނު މާރނީ

ކައިރީގަ އެތިބީ ބައިސްކަލް ރޭސް ޗެމްޕިއަން ކަން ވަރަށް ގިނަ ފަހަރު ހޯދާފައިވާ ވީސަން ސަރީ (ރަތް ގަމީހުގައި) އާއި ކުޅަދާނަ ފުޓްބޯޅަ ގޯލްކީޕަރ ސައްޔިދު އަލީ.

ހަބީބު.

ދެންކީއްކުރަނަތޯ ދުވެލިބާރު ފެރީތަކެއް ގެނެސް ދަތުރުފަތުރު އަވަސް ނުކުރެވިގެން ތިޔައުޅެނީ ފަލިޖަހާފަ ބޮއްކުރާގަ އިނގިރޭސި ވލިލާތައްގޮސް ކަރުހި މަފުޅިގަނެގެން އައިސް ވިލާތު ސަރުބަތު ގިރައިގެން ބޮއެބަލަ މޮޔަ ސޮރާ

ޟީނާރު

ނަސީދެއް ކަމަކު ތިބުނީ ތެދުވާހަކައެއް .ބައެއް ހިސާބު ތަކަށް ހިގާފަ އުޅެވޭނެ. ޢަހަރުމެން މާ ކައްނެތީ.

ވާންޗޯ

އަބަދު ހިނދުކޮޅު އައިއްސަ ދޯ؟

އަލިނާ

މިކަލޭގެވެސް ކާރު ދޫކޮށްލާފަ ހިނގާފަ އުޅެފަ ތިވާހަކަ ދައްކަބަލަ.

ބޮޑީގާޑް

ރައީސް ނަޝީދަކީ އާންމުކޮށް ހިނގާފައި އުޅުއްވާ ބޭފުޅެއް. އަދި ވަރަށް ގިނައިން މާލެ މަގުމަތީގައި ބައިސްކަލުގައި ދުއްވާފައި އުޅޭ ބޭފުޅެއް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345