ހަބަރު

ގދ. އަތޮޅު ކައުންސިލްގެ ރައީސަށް ޔޫތުގެ ނައިބުކަން

Feb 4, 2020

ގދ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ގދ. ތިނަދޫ / ޑެން، މުހައްމަދު ނާސިހް ރަޝީދަށް ޔޫތް މިނިސްޓްރީގެ ނައިބުގެ މަގާމް ދެއްވައިފި އެވެ.

ޔޫތު މިނިސްޓްރީގެ ނައިބުގެ މަގާމަށް އޭނާ އައްޔަން ކުރުމުގެ ކުރިން ގދ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުން އޭނާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ، މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގެ ވެސް ކުރިންނެވެ. ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައަޅަން ބޭއްވި ޕްރައިމަރީގައި އޭނާ ވާދައެއް ނުކުރައްވަ އެވެ.

ނާސިހަކީ ބެޗެލާ އޮފް ޝަރީއާ އެންޑް ލޯއަށް ކިޔަވާ ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.

ނާސިހާއެކު ޔޫތް މިނިސްޓްރީގައި ތިބި ނައިބުންގެ އަދަދު ވަނީ ހަތަރަކަށް އަރާފަ އެވެ. މިނިސްޓްރީތަކުގެ ނައިބުންނަށް ކޮންމެ މަހަކު މުސާރައާއި އެލަވަންސްގެ ގޮތުގައި 30،500 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.