ވިޔަފާރި

ދަ ބްރައިޑް ޝޯގައި ރާއްޖެއިން ބައިވެރިވެއްޖެ

Feb 6, 2020

އަލަތު ކައިވެނި ކުރާ މީހުންނާއި ފެޝަނަށް ލޯބި ކުރާ މީހުންނަށް ހާއްސަކޮށް ދުބާއީގައި ބާއްވާ، ދަ ބްރައިޑް ޝޯގައި ރާއްޖެ އިން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ "ދަ ބްރައިޑް ޝޯ" އަކީ ހަނީމޫން މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށާއި، މި ފެއާ އަށް މިދިޔަ އަހަރުވެސް 1،000 ގިނަ އެގްޒިބިޓަރުން ބައިވެރިވެ 23،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީ އިން ބުނީ 60 އަކަފޫޓުގެ ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްފައިވަނީ ހަނީމޫންގެ ތަފާތު މަންޒަރުތައް ރަމްޒުކޮށްދޭ ގޮތަށް ކަމަށެވެ. ފެއާއަށް ޒިޔާރަތް ކުރާ މީހުންނަށް ރާއްޖޭގެ ސްޓޭންޑުގައި ހުރެ ފޮޓޯ ނެގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާ އަދި "ރޮމޭންޓިން ސައިޓް އޮފް ލައިފް" ދައްކުވައިދޭ ބްރޯޝާއެއްވެސް ފެއާއަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ ކަމަށެވެ.

ހަނީމޫން މާކެޓަކީ ރާއްޖޭގެ މުހިންމު މާކެޓެކެވެ. މިދިޔަ އަހަރު މެދުއިރުމަތިން 60،003 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.