ހަބަރު

ހައިކޯޓުގެ ހުރިހާ ގޮއްޕެއްގައި އެއް ފަހަރާ ޝަރީއަތް ހިންގަނީ

Feb 7, 2020
1

މާލޭ ހައިކޯޓާއި ދެކުނު އަދި އުތުރު ގޮފީގައި އެއް ފަހަރާ ފުރަތަމަ ފަހަރަށް ޝަރީއަތްތައް ހިންގުމަށް ތައްޔާރުވެއްޖެ އެވެ.

ހައިކޯޓުން ބުނީ މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކުރެވިފައިވާ ހައިކޯޓުގެ ގޮފިތަކުގައި ޝަރީއަތްތައް ކުރިއަށް ދާނެ ކަމަށެވެ.

ހދ. ކުޅުދުއްފުށީގައި ގާއިމުކުރެވިފައިވާ ހައިކޯޓުގެ އުތުރު ގޮފީގައި އަދި ސ. ހުޅުދޫ މީދޫގައި ގާއިމުކުރެވިފައިވާ ހައިކޯޓުގެ ދެކުނު ގޮފީގައި މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް މަސައްކަތް ކުރެއްވުމަށް، ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ޝަރުއީ ވަފުދުތަކުން މިއަދުވަނީ އެ ގޮފިތަކަށް ވަޑައިގެންފައެވެ.

މީގެކުރިން ގޮފިތަކަށް ޝަރުއީ ވަފުތައް ވަޑައިގަންނަވަނީ އެކި ފަހަރު މަތިންނެވެ. މިފަހުން ހައިކޯޓަށް ވަނީ ފަނޑިޔާރުން އިތުރުކޮށްފަ އެވެ.