ހަބަރު

ބަހަށް އިސްކަން ދިނުމުގެ ގާނޫނު އިސްލާހު ކުރަނީ

ރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް އިސްލާހު ހުށައެޅުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ދިވެހި ބަހުގެ އެކަޑެމީން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ފުރުސަތު އާމުކޮށް ހުޅުވައިލައިފާވާ ކަމަށެވެ.

އަދި މި ގާނޫނުގެ ވަކިވަކި މާއްދާތަކަށް ގެންނަން ފެންނަ އިސްލާހާއި މުޅި ގާނޫނަށް ގެންނަން ފެންނަ އިސްލާހުގެ ހިޔާލު ވެސް ހުށަހެޅިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ބަހަށް ގެންނަ އިސްލާހު ހުށައެޅުމުގެ އެންމެ ފަހު ގަޑި އަކީ އަންނަ މަހު 12 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އެވެ.