ފިޔަވަތި

ފިޔަވަތީގެ ބައެއް ހިދުމަތް އަޕްގްރޭޑް ކުރާނެ ބަޔަކު ހޯދަނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބައިތިއްބާ ފިޔަވަތީގެ ބައެއް ހިދުމަތްތަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޖެންޑާ މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ އަންހެން ކުދިން އުޅޭ ބައިގެ ގްރައުންޑްގައި ހާއްސަ މަސައްކަތްތަކެއް ކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ.

އެ އިއުލާނުގައި ބުނަނީ ފިޔަވަތީގައި ކުދިން ކުޅޭނެ ތަނަކާއި ޕޮންޑެއް ހެދުމުގެ އިތުރުން ގޭޓެއް ކަނޑައި ދޮރެއް ހަރުކުރަން ޖެހޭ ކަމަށެވެ. އަދި ވޮޗާ ޕޯސްޓެއް ވެސް ހަދާނެ ކަމަށެވެ. އެ ކަމަށް ޝާއުގުވެރިވާ ނަމަ އަމިއްލަ ހަރަދުގައި އެކަން ކުރަން މައުލޫމާތު ދިނުނ މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން އޮންނާނެ އެވެ.