ހައްޖުގެ އަޅުކަން

ހައްޖަށް ގެންދަން ހުށައެޅުމުގެ ފުުރުސަތު ހުޅުވާލައިފި

މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދެން ޝައުގުވެރިވާ ފަރާތްތައް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފި އެވެ.

ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާ ބެހޭގޮތުން ގެޒެޓް ކޮށްފައިވާ އުސޫލުގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ އެ އުސޫލުގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށެވެ.

ޕްރޮޕޯޒަލް ފޮތާއި ހުށަހަޅާ ފަރާތްތަކަށް ދެވޭ މައުލޫމާތު ކަރުދާސް މިހާރު އިސްލާމިކް މިނިސްޓްރީން ލިބެ އެވެ. އެ މިިނިސްޓްރީން ބުނީ މައުލޫމާތު ދޭނ ބާއްވާ ޕްރީ ބިޑް މީޓިން އަންނަ ބުރާސްފަތި ދުވަހު 1:00 ޖަހާއިރު އޮންނާނެ ކަމަށެވެ.

ހައްޖު ޕްރޮޕޯޒަލް ހުށަހަޅާ ކުންފުނިތަކުން ފީއެއް ދައްކަން ޖެހެ އެވެ. އެ ފީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން ފެށިގެން 12:00 އަށް އިސްލާމިކް މިނިސްޓްރީއަށް ބަލައިގަންނާނެ އެވެ. ޕްރޮޕޯޒަލް ހުށަހެޅުމުގެ ފީއަކީ 10000 ރުފިޔާ އެވެ.

ރާއްޖެއިން ހައްޖަށް މީހުން ގެންދަން ކޮންމެ އަހަރަކު ވެސް ހުއްދެ ދެނީ ސަރުކާރުގެ ހައްޖު ކުންފުނި ހިމެނޭ ގޮތުން ފަސް ކުންފުންޏަަކަށެވެ.