ހަބަރު

ފުޓްބޯޅަ ޓީމެއް ގޮވައިގެން ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިފި

ފުޓްބޯޅަ ޓީމެއް ގޮވައިގެން ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ބައެއް ކުޅުންތެރިންނަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ބަންޑުން ޖެހީ ނ. މަނަދޫއަށް ދަތުރުކުރި ޑިންގީއެއް ކަމަށާއި އެއީ އެ އަތޮޅު މިލަދޫއިން މަނަދޫއަށް ފުޓްބޯޅަ ކުޅެން ދިޔަ މިލަދޫ ފުޓްބޯޅަ ކުޅުންތެރިން ތިބި ޑިންގީއެއް ކަމަށެވެ.

ޑިންގީ ބަންޑުން ޖަހާލިއިރު އޭގައި 11 ކުޅުންތެރިން ތިއްބެވެ. ޑިންގީ ބަންޑުން ޖަހާލާފައި ވަނީ މަނަދޫ ކަނޑިންމައިން ވަންނަން އުޅެނިކޮށެވެ.

މި ހާދިސާއާއި ގުޅިގެން އެ މީހުންނަށް އެކިވަރުގެ ކުދި އަނިޔާތައްވެފައިވީ ނަމަވެސް އެންމެންގެ ހާލު ވެސް ރަނގަޅެވެ.