މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

69 ގައިދީންނަށް އައިނު ހައްދައިދީފި

Feb 11, 2020
3

ގައިދީންނަށް އައިނު ލިބޭނެ އިންތިޒާމު މޯލްޑިވްސް ކަރެކްޝަނުން ހަމަޖައްސައިފި އެވެ.

ކަރެކްޝަނުން މިއަދު ބުނީ ދެ ބުރެއްގެ މަތިން ބޭއްވި "އައި ކޭމްޕް" މެދުވެރިކޮށް 88 ގައިދީން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.

މާފުށީ ޖަލަށް ޑޮކްޓަރުން ގެންގޮސް ކުރިއަށް ގެންދިޔަ މި "އައި ކޭމްޕް" އަކީ އައި ކެއާ އާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރަގްރާމެކެވެ.

ކަރެކްޝަނުން ބުނީ ލޮލުގެ ހާއްސަ ޑޮކްޓަރުން މެދުވެރިކޮށް ލޮލުގެ ފަރުވާއަށް އެދިފައިވާ ގައިދީންގެ ޗެކަޕް ހަދައި، އެ ފަރާތްތަކަށް ބޭނުންވަނީ ކޮން ފަރުވާއެއްތޯ މި ދެ ކޭންޕުން ދެނެގަނެފަިއވާ ކަމަށެވެ. އެގޮތުން އައިނު އަޅަންޖެހޭ ގައިދީންގެ ލޮލުގެ ނަންބަރު ޗެކްކޮށް އައިނު ލިބޭނެ އިންތިޒާމް ހަމަޖައްސައި، އިތުރު ފަރުވާއަށް މާލެ ގެންނަންޖެހޭ ގައިދީންވެސް ވަނީ ދެނެގަނެފައިވާ ކަމަށެވެ. އަދި 69 ގައިދީންނަށް އައިނު ލިބޭނެ އިންތިޒާމް ހަމަޖައްސާދީފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ ގައިދީންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް ކުރިއަށްވުރެ ހަރުދަނާގޮތުގައި ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށާ މިފަދަ ކޭމްޕްތައް ކުރިއަށް އޮތްތާވެސް ބާއްވާނެ ކަމަށެވެ.