ލައިފްސްޓައިލް

ލޯބިވެރިޔާ ތިމާ ދޫކޮށްލާފައި ދިޔުމަކީ ލިބޭނެ ކާމިޔާބެއް!

Sep 3, 2015

ލޯބިވެރިޔާ އާއި ވަކިވުމަކީ ތިމާ ނާކާމިޔާބު ވުމެއް ނޫނެވެ. އެކަމަކު މިއީ ވަރަށް ގިނަ މީހުންނަށް އެދުވަސްކޮޅު ވެވޭ އިހުސާސެކެވެ. ހަގީގަތަކީ އޭގެ އިދިކޮޅެވެ. އޭނާއާއި ވަކިވުމަކީ އާ ފުރުސަތުތަކެކޭ ވެސް ބުނެވޭނެ އެވެ. ނޫނީ "ބްލެސިން" އެކޭވެސް ބުނެވިދާނެ އެވެ.

ލޯބިވެރިޔާއާއި ވަކިވުމުން އެވާ އިހުސާސަކީ ބުނެދޭންވެސް ނޭނގޭފަދަ ދެރައެކެވެ. ގިނަ ދުވަހަށް އެކީގައި އުޅުނު ލޯބިވެރިޔާ ތިމާ ދޫކޮށްލާފައި ދިޔުމުން އާއިލާ މީހުންނާއި އެކުވެރިން ކައިރީގައި އެވާހަކަ ކިޔައިދީ އެކަން ނިމުނު ވާހަކަ ދެއްކުމަކީ އެންމެ ބޮޑު އުނދަގުލެވެ. އެކަމަކު އެދުވަސްކޮޅުގައި ތިމާ އަމިއްލައަށް ކުރަންޖެހޭ ބައެއް ކަންތައްތައް ހުރެއެވެ.