ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ބިދޭސީއަކު ޖިންސީ ގޯނާކޮށްފި އެވެ.
މި ހާދިސާ ރިޕޯޓް ކޮށްފައިވަނީ ނޯތު ޕޮލިސް ސެންޓްރަލް ޑިވިޝަންގައި ހިމެނޭ ރަށަކުންނެވެ. މައްސަލަ ރިޕޯޓް ކުރީ މިއަދު އެވެ.
އެ ބިދޭސީ މީހާ ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.
ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު މި ދުވަސްވަރު ގިނަކަން ފާހަގަކޮށްލެވެ އެވެ.