ހަބަރު

ރާއްޖޭގެ ނަން ފެންނަ ބާރު ގަދަ ފޮޓޯއެއް

Feb 18, 2020
5

ރާއްޖެ އިޝްތިހާރު ކުރަން އަބަދުވެސް މަސައްކަތް ކުރެ އެވެ. އިއްޔެ ރޭ ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ދުނިޔޭގެ މީޑިޔާއަށް ދޫވެގެން ދިޔަ ފޮޓޯ ގަނޑެއް ވެގެން ގޮސްފައިވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދި ފޮޓޯ ގަނޑަކަށެވެ.

ސްޕެނިޝް ލީގުގެ އެއް ވަނާގައި އޮތް ރެއާލް އިން ރެލިގޭޝަންގެ ތުން ފަތްމަތިން އަރައިގަނެވޭތޯ ސެލްޓަ ވީގޯ އެއްވަރު ކުރި މެޗުގައި ރެއާލްގެ ކޯޗް ޒިނެދިން ޒިދާން ވަނީ އެ ޓީމުގެ ބެންޗު ކައިރިއަށް ދިޔަ ސެލްޓާގެ ކުޅުންތެރިޔާގެ އަތުގައި ހިފައްޓާފަ އެވެ.

ސެލްޓަ ވީގޯގެ ޑިފެންޑަރު ޖޯސަފް އައިދޫގެ އަތުގައި ޒިދާން އެލި ގަނެގެން އޮތްއިރު، އެ ޓީމުގެ ޖާޒީގައި ޖަހާފައި ހުރި "ވިޒިޓް މޯލްޑިވްސް" ގެ އިސްތިހާރު ރީތިކޮށް ފެންނަން ހުރެ އެވެ. މި ފޮޓޯ ގަނޑު ސްޕޭންގެ ނޫސްތަކުގައި ހާއްސަކޮށް ވީގޯ ސިޓީގެ ގިނަ ނޫސްތަކާއި ޓީވީތަކުން ދައްކާފައިވެ އެވެ. އެހެންވެ މި ފޮޓޯ ވެގެން ދިޔައީ ގިނަ ބަޔަކު އަޅައިގަތް ފޮޓޯ އަކަށެވެ. މެޗުގެ ހާލަތާއި ދެ ޓީމުގެ ޓޭބަލްގެ ރޭންގައި އޮތް ތަފާތު މަގާމުން ތަފާތު ގޮތަކަށް މާނަ ކުރެވުނު ނަމަވެސް ދިވެހިންނަށް މި ފޮޓޯ ގަނޑު ހާއްސަ ވަނީ ރާއްޖޭގެ ނަން ފެންނާތީ އެވެ. ވިޒިޓް މޯލްޑިވްސް ނަމުންނެވެ.

ރާއްޖޭގެ ނަން ދުނިޔޭގެ ސަމާލު ކަމަށް ގެނައުމަށް، ސެލްޓަ ޖޯޒީގައި އިޝްތޮހާރު ޖަހަން ތިން އަހަރަށް ކޮންމެ އަހަރަކު ރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 13 މިލިއަަން ރުފިޔާ ހަރަދު ކުރެ އެވެ.