ހަބަރު

ރާއްޖޭގައި އިންޓަނޭޝަނަލް ވާޗުއަލް ދުވުމެއް

Aug 13, 2020
1

ދުނިޔެއަށް ހުޅުވާލައިގެން ރާއްޖޭގައި އިންޓަނޭޝަނަލް ވާޗުއަލް ދުވުމެއް ބާއްވަން ޔުނިކް ސްޕޯޓިން އިން ތައްޔާރު ވެއްޖެ އެވެ.

"ރަން ފޯ މޯލްޑިވްސް" ގެ ނަމުގައި މި ދުވުން އޮންނާނީ ދުނިޔޭގެ ޓޫރިޒަމް ދުވަސް ކަމަށްވާ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. މި ދުވުމުގެ ރެޖިސްޓްރޭޝަން ހުޅުވާލަން ނިންމާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.

ޔުނިކް ސްޕޯޓިން އިން ބުނި ގޮތުގައި މި ދުވުމުގައި ވަރަށް ކުޑަ ފީއެއް ދީގެން ބައިވެރިވެވޭނެ ކަމަށާ، މި ދުވުމަކީ ދުނިޔެއަށް ހުޅުވާލައިގެން ބާއްވާ ދުވުމެކެވެ. ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގައި 10 ފަރާތަކަށް ރާއްޖޭގެ ރިސޯޓުތަކެއްގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ވެސް ދެ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި ދުވުން ބާއްވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހިދުމަތްތެރިންގެ އަގު ވަޒަން ކުރުމުގެ އިތުރު ޓޫރިޒަމް ހުޅުވުމާއެކު ރާއްޖެ އަންނަން މީހުންގެ މެދުގައި ޝައުގުވެރިކަން އުފައްދާށެވެ.

ދުވުމުގައި 5.5 ކިލޯ މީޓަރާއި 15 ކިލޯ މީޓަރު އަދި 21 ކިލޯ މީޓަރުގެ އިތުރުން 870 ކިލޯ މީޓަރު ހިމެނެ އެވެ. މި ދުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް މެޑަލްއެއް ލިބޭނެ އަދި އެ އެމީހެއްގެ ގެއަށް ފޮނުވައިދޭނެ އެވެ.