ހަބަރު

ރާއްޖެ އިޝްތިހާރު ކުރަން ސެލްޓަ ވީގޯއާއެކު ސޮއިކޮށްފި

ސްޕެއިންގެ ވީގޯ އިން: މުހައްމަދު އަފްރާހު
Nov 4, 2019
4
ސެލްޓަ ވީގޯއާއެކު އެއްބަސްވާން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މުހައްމަދު އަފްރާހު | އަވަސް
100%
0%
0%

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ސްޕެނިޝް ލަ ލީގާގެ، ސެލްޓަ ވީގޯއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ސްޕެއިންގެ، ވީގޯގައި ހުންނަ، ސެލްޓާގެ ހެޑް އޮފީހުގައި ބައިނަލްއަގުވާމީ މީޑިއާތަކާއެކު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަދި ސެލްޓަ ވީގޯގެ ފަރާތުން ސޮއިކުރެއްވީ އެ ކްލަބުގެ ރައީސް ކާލޯސް މޮއުރީނިއޯ އެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލް އާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވެސް ބައިވެރިވަޑައިގަތެވެ.

ރާއްޖެއިން ސެލްޓާއާއެކު ސޮއިކޮށްފައިވަނީ ތިން އަހަރު ދުވަހަށެވެ. މި އެއްބަސްވުމުގެ ދަށުން އަހަރަކު 900،000 ޑޮލަރު ރާއްޖެ ހަރަދު ކުރާނެ އެވެ. އަހަރުން އަހަރަށް އެގްރީމެންޓަށް ބަދަލު ގެނެވޭ ގޮތަށް ހަދާ މި އެއްބަސްވުމާއެކު ރާއްޖެއިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމާއި އެ ޓީމުން ބޭނުން ކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރާނެ އެވެ. މި އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެއިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެ ސްލެޓަ ވީގޯއާއެކުއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައިގެ ދުރު މުސްތަގުބަލަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

"ލަ ލީގާގެ އެންމެ ބޮޑު އަދި ދުނިޔޭގައި އެންމެ ރަނގަޅު އެއް އެކަޑަމީ ހިންގާ ކްލަބް މި ކްލަބަކީ، މިހާރު ފިއުޗާ އެހެން ހަރު ފަތަކަށް ގެންދަން މި މަސައްކަތް ކުރަނީ، އެހެންވެ މުއްސަގުބަލުގައި އަޅުގަނޑުމެން ބޭނުންވޭ ގައުމީ ޓީމުގެ ސްލެކްޝަނެއް ގާއިމް ކުރަން، ޕްރޮފެޝަނަލް ފުޓުބޯޅާގައި ބޭނުންވޭ މިހާރު 13 އަހަރުގައި ތިބި ކުދިން، މީގެ ފަސް އަހަރު ފަހުން ގައުމީ ޓީމުގެ އެންމެ މަތީ ފަންތީގައި ތިބެން،" އަލީ ވިދާޅުވި އެވެ.

ރާއްޖެ އާއި ސެލްޓަ ވީގޯއާއެކުވީ އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ އެކި އުމުރު ފުރާތަކުގެ ގައުމީ ޓީމުތައް ސްޕެއިނަށް ގޮސް އެ ކްލަބުތަކުގެ ޓްރެއިނިން ފެސިލިޓީސްތައް ބޭނުން ކުރެވޭނެ މަގު ފަހި ވެގެންދާނެ އެވެ. އަދި ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމާއި ކޯޗުން ތަމްރީން ކުރުމާއި ސެލްޓާގެ އެކަޑަމީގައި ރާއްޖޭގެ ގައުމީ ޓީމުން ބޭނުންވާ ކުޅުންތެރިން ތިބެ ތަމްރީންވުމުގެ ފުރުސަތު ވެސް ފަހި ކޮށްދޭނެ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސެލްޓާވީގޯއިން

މުޅި ދަތުރުގެ ކަންކަން ގެނެސްދިންލެއް ވަރަށް ފުރިހަމަ. ފޮޓޯތަކުން ފާހަގަ ވި ކަމަކީ އަހަރެމެންގެ ފުޓްބޯޅައިގެ ރައީސް ރީތި ކަމާއި ސްޓައިލިޝް ކަން 😍

ޖޮބޭ

މިއީ ޤައުމަށް އަނދިރިދުވަހެއް މިވަރުގެ ވިޔާނުދާމީހަކު ހީނުވޭ މިޤައުމުފަހުންވެސް ފެނިދާނެހެން.

އަސްލު ހަގީގަތް

ކާކު ވިޔާނުދާޔޭ ތިޔަބުނަނީ. ބައްސާމުތަ؟ ބައްސާމުވިއްޔާ މަވެސް ކަލެޔާ އެއްކޮޅު.

އަލިފް

ލީގުގެ ކުރީގަ އުޅޭ ޓީމެއް ނުނެގީ ކީއްވެ ތޯ؟. ތިޓީމް މިހާރުވެސް އޮތީ ކިރިޔާ ރެލިގޭޓް ނުވެ...

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345