ވިޒިޓް މޯލްޑިވްސް

ސެލްޓަ ވީގޯ ޝޮޕްތަކަށް ރާއްޖޭގެ ކޯނާއެއް

ސްޕެއިންގެ ވީގޯ އިން: މުހައްމަދު އަފްރާހު
Nov 2, 2019
3
ސެލްޓަ ވީގޯގެ މެގަ ސްޓޯރެއްގެ ބޭރުގައި އެ ކްލަބުގެ ދެ ޖޯޒީއެއް ޑިސްޕެލޭކޮށްފައި -- މުހައްމަދު އަފްރާހު | އަވަސް
75%
25%
0%

ސްޕެއިންގެ ލަ ލީގީގައި ކުޅޭ، ސެލްޓަ ވީގޯ މެގަ ސްޓޯރުތަކުގައި ވިޒިޓް މޯލްޑިވްސް ކޯނާއެއް ހަދަން މަޝްވަރާކޮށްފި އެވެ.

ސެލްޓަ ވީގޯގެ ޖޯޒީގައި ރާއްޖޭގެ އިޝްތިހާރު ޖެހުމުގެ އެއްބަސްވުމުގައި ސޮއި ކުރާ ރަސްމިއްޔާތަށް މިހާރު ސްޕެއިންގެ ވީގޯ އަށް ވަޑައިގެން ހުންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސެލްޓަ ވީގޯގެ ޖޯޒީގައި އިޝްތިހާރު ޖެހުމުގެ އިތުރުން އެ ޓީމުގެ ކުޅުންތެރިންތެރިންނާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަން ވެސް ކަންތައްތަކެއް ރާއްވަވާފައިވާ ކަމަށެވެ.

އަދި ވިދާޅުވީ އެ މަސައްކަތް ކުރުމުގައި އެންމެ ބޮޑު އެއްބާރުލެއް ދެއްވަނީ ޓޫރިޒަމްގެ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކު) އާއި ހުސެއިން އަފީފު (ޗަމްޕާ އަފީފު) ކަމަށެވެ.

ސްޕެއިންގެ ވީގޯ، 2 ނޮވެމްބަރު 2019: މިނިސްޓަރު އަލީ ވަހީދު ސެލްޓަ ވީގޯ ހެޑް ކުއަޓަރަށް ކުރެއްވި ޒިޔާރާތުގައި ކްލަބް ސެލްޓާގެ ފިހާރަ ބައްލަވާލައްވަނީ -- ފޮޓޯ: ހާފް ކޯޓް

"އެދެ ބޭފުޅުން [އަފީފާއި އެމްޔޫ މަނިކު] އަބަދު ވެސް ވިދާޅުވާނެ ދުނިޔޭގެ ބޮޑެތި ލީގްތަކުގައި ވެސް އިޝްތިހާރު ކުރަން ވީއްޔޭ. މިތަނަަށް އައިސް އިތުރަށް ބެލުމުން ގިނަ ކަންތަކެއް ކުރަން މިވަނީ ނިންމިފައި. މިއީ ހަމައެކަނި ޖޯޒީގައި އިޝްތިހާރު ކުރުމެއް ނޫން. މިތާނގެ މެގަ ސްޓޯރުތަކުގައި ވިޒިޓް މޯލްޑިވްސް ކޯނާއެއް ހެދުން ވެސް އެބައޮތް،" އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އަންނަން ބޭނުންވާ މީހުނާއި އެ ކްލަބްގެ ސަޕޯޓަރުންނަށް އިތުރު ފަސޭހަތަކާއި ފައިދާތައް ދޭން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ސްޕެއިންގެ ވީގޯ، 2 ނޮވެމްބަރު 2019: މިނިސްޓަރު އަލީ ވަހީދު ސެލްޓަ ވީގޯ ހެޑް ކުއަޓަރަށް ކުރެއްވި ޒިޔާރާތުގައި ކްލަބް ސެލްޓާގެ ފިހާރަ ބައްލަވާލައްވަނީ- މުހައްމަދު އަފްރާހު | އަވަސް

"ޓޫރިޒަމް ޑައިވާސިފައި ކުރުމަކީ މިއީ. ތަފާތު ގޮތް ގޮތުން އިޝްތިހާރު ކުރުން. އެހެންވީމަ މަޝްވަރާތަކުގެ އަލީގައި ގިނަ ދާއިރާތަކުން މަސައްކަތް ކުރެވިގެންދާނެ،" އަލީ ވިދާޅުވި އެވެ.

ސެލްޓަ ވީގޯ އިން ސްޕެއިންގައި ދެ މެގަ ސްޓޯރެއް ހިންގަ އެވެ. އެއް ސްޓޯރު ހިންގަނީ ކްލަބުގެ މައި ހެޑް ކްއަޓަރުގެ ތިރީގަ އެވެ. އަދި އަނެއް ސްޓޯރު ހުންނަނީ ކްލަބުގެ ރަސްމީ ސްޓޭޑިއަމް ބިލޭޑޯސްގަ އެވެ. 30،000 މީހުން ވަންނަ އެ ސްޓޭޑިއަމް ދައްކާލުން ވެސް މިއަދު އޮންނާނެ އެވެ.

ރާއްޖެ އިން ސެލްޓަ ވީގޯއާއެކު އަހަރަކު 900،000 އެމެރިކާ ޑޮލަރަށް ސޮއި ކޮށްފައި ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ. އަހަރުން އަހަރަށް އެގްރީމެންޓަށް ބަދަލު ގެނެވޭ ގޮތަށް ހަދާ މި އެއްބަސްވުމާއެކު ރާއްޖެ އިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމާއި އެ ޓީމުން ބޭނުން ކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރާނެ އެވެ. މި އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެއިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޑ

އަސްފާގުމެންކަހަލަ މޮޅު ކުޅުންތެރިންނަށް ޖާގަ ލިބޭނެގޮތެެއް ހެދިނަ މާ ރަގަޅުވީސް...

ޙދހސ

ރާއްޖޭ ފުޓްބޯޅަ އަށް ތި ހަރަދު ކުރިނަމަ މާ ރަގަޅުވީސް

މަޒް

މީ ފައިސާތަކެއް ބޭކާރު ކުރުން.. މިހާރު ސޯޝަލް މީޑިއާ އިސްތިހާރު މާ ބާރު ގަދަ.. 2.7 މިލިއަން ސޯޝަލް މީޑިއާއަށް އިންވެސްކުރި ނަމަ މާ ފައިދާ ކުރީސް.. ޓީމެއްގަ ޖަހަންވެސް ތިނެގީ ވަޅޯ ޓިމެއް..

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345