ސެލްޓަ ވީގޯ

އަލި ވަހީދާއި ބައްސާމް ސެލްޓަ ވީގޯ ހެޑްކުއާޓަރަށް

ސްޕެއިންގެ، ވީގޯއިން: މުހައްމަދު އަފްރާހު
Nov 2, 2019
7
އަލީ ވަހީދު ސެލްޓަ ވީގޯ ހެޑް ކުއަޓަރަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން: މި ކުލަބުގެ ހެޑްކުއާޓްސްގައި ޒަމާނީ ގިނަ ވަސީލްތައް ގާއިމް ކޮށްފައިވޭ -- ފޮޓޯ: ހާފް ކޯޓް
0%
0%
0%

ރާއްޖޭގެ އިޝްތިހާރު ސްޕެއިންގެ ސެލަޓަ ވީގޯގެ ޖޯޒީ ހިމެނޭ ގޮތަށް ޖަހަން ފެށުމުގެ ގޮތުން ސޮއި ކުރަން މާދަމާ ބާއްވާ ރަސްމިއްޔާތަށް ތައްޔާރުވެފައިވާއިރު ސްޕެއިންގައި މިހާރު ހުންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ވަނީ 96 އަހަރުވީ އެ ކްލަބުގެ ހެޑް ކްއަޓާޒް ބައްލައްވާ ލައްވާފަ އެވެ.

ލަލީގާގެ 18 ވަނާގައި މިހާރު އޮތް ކްލަބުގެ ހެޑް ކުއާޓާރަށް އަލީ ވަހީދު ކުރެއްވި ޒިޔާރާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ވެސް ބައިވެރިވަޑައި ގަތެވެ.

މި ބައްދަލު ކުރެއްވުމަށްފަހު، މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެ ސްލެޓަ ވީގޯއާއެކުއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައިގެ ދުރު މުސްތަގުބަލަށް ވެސް ގިނަ ފައިދާތަކެއް ވެސް ކުރާނެ ކަމަށެވެ.

އަލީ ވަހީދު ސެލްޓަ ވީގޯ ހެޑް ކުއަޓާސް އަށް ކުރެއްވި ޒިޔާރާތުގައި ސެލްޓާއިން ހަދާ ސްޕޯޓްސް ސިޓީގެ މޮޑެލް ބައްލަވާލައްވަނީ -- ފޮޓޯ: މުހައްމަދު އަފްރާހު

"ލަ ލީގާގެ އެންމެ ބޮޑު އަދި ދުނިޔޭގައި އެންމެ ރަނގަޅު އެއް އެކަޑަމީ ހިންގާ ކްލަބް މި ކްލަބަކީ. މިހާރު ފިއުޗާ އެހެން ހަރުފަތަކަށް ގެންދަން މި މަސައްކަތް ކުރަނީ. އެހެންވެ މުއްސަގުބަލުގައި އަޅުގަނޑުމެން ބޭނުންވޭ ގައުމީ ޓީމުގެ ސްލެކްޝަނެއް ގާއިމް ކުރަން. ޕްރޮފެޝަނަލް ފުޓުބޯޅާގައި ބޭނުންވޭ މިހާރު 13 އަހަރުގައި ތިބި ކުދިން، މީގެ ފަސް އަހަރު ފަހުން ގައުމީ ޓީމުގެ އެންމެ މަތީ ފަންތީގައި ތިބެން،" އަލީ ވިދާޅުވި އެވެ.

ސްޕެއިންގެ ވީގޯ، 2 ނޮވެމްބަރު 2019: މިނިސްޓަރު އަލީ ވަހީދު ސެލްޓަ ވީގޯ ހެޑް ކުއަޓަރަށް ކުރެއްވި ޒިޔާރާތުގައި ކްލަބް ސެލްޓާގެ ފިހާރަ ބައްލަވާލައްވަނީ -- ފޮޓޯ: ހާފް ކޯޓް

ރާއްޖެ އިން ސެލްޓަ ވީގޯއާއެކު އަހަރަކު 900،000 އެމެރިކާ ޑޮލަރަށް ސޮއި ކޮށްފައި ވަނީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ.

އަހަރުން އަހަރަށް އެގްރީމެންޓަށް ބަދަލު ގެނެވޭ ގޮތަށް ހަދާ މި އެއްބަސްވުމާއެކު ރާއްޖެއިން ތިން އަހަރުގެ ތެރޭގައި ސެލްޓް ވީގޯގެ ޖާޒީ އާއި ސްޓޭޑިއަމާއި އެ ޓީމުން ބޭނުން ކުރާ ޕްރޮޕެޝަނަލް މެޓީރިއަލްތަކުގައި ރާއްޖޭގެ ނަން ބޭނުންކޮށް އެ ކްލަބުގެ ކުޅުންތެރިން ވެސް ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރާނެ އެވެ. މި އެއްބަސްވުމަށް ތިން އަހަރު ތެރޭގައި ރާއްޖެއިން 2.7 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.

ރާއްޖެ އާއި ސެލްޓަ ވީގޯ އެއްބަސްވުމުގައި މާދަމާ ސޮއި ކުރުމާއެކު، ރާއްޖޭގެ އެކި އުމުރު ފުރާތަކުގެ ގައުމީ ޓީމުތައް ސްޕެއިނަށް ގޮސް އެ ކްލަބުތަކުގެ ޓްރެއިނިން ފެސިލިޓީސްތައް ބޭނުން ކުރެވޭނެ މަގު ފަހިވާނެ އެވެ. އަދި ރަހުމަތްތެރިކަމުގެ މެޗުތައް ކުޅުމާއި ކޯޗުން ތަމްރީން ކުރުމާއި ސެލްޓާގެ އެކަޑަމީގައި ރާއްޖޭގެ ގައުމީ ޓީމުން ބޭނުންވާ ކުޅުންތެރިން ތިބެ ތަމްރީންވުމުގެ ފުރުސަތު ވެސް ފަހި ކޮށްދޭނެ އެވެ.

އަލީ ވަހީދު ވިދާޅުވީ އެއްބަސްވުމުގެ ބޮޑު މަންޒަރު ވަރަށް ސާފު ކަމަށާ، ސެލްޓާ - ބާސާ މެޗަަށް ނުކުންނައިރު ސެލްޓާގެ ޖޯޒީގެ ވާތް ފަރާތުން "ވިޒިޓް މޯލްޑިވްސް" ލޯގޯ ފެންނާނެ ކަމަށެވެ.

ސްޕެއިންގެ ވީގޯ، 2 ނޮވެމްބަރު 2019: ސެލްޓަ ވީކޯގެ ހެޑް ކުއާޓާސް -- ފޮޓޯ: ހާފް ކޯޓް

"ފަތުރުވެރިކަން އިޝްތިހާރު ކުރުން ވެސް އެހެން ހަރުފަތަކަށް ދާނެ. އަޅުގަނޑުމެންގެ ވިސްނުން މިހުރީ ހަމައެކަނި ވީގޯ އާއި ސްޕެއިން އަކަށް ވެސް ނޫން. ލަލީގާގެ ކުޅުންތެރިންގެ ވިއުއާސް ދުނިޔޭގެ އެތަން މިތާނގައި އެބައޮތް. އެހެވީމަ ތަފާތު އެކި މާކެޓުތަކަށް ޓާގެޓު ކުރުމަކީ ރާއްޖޭގެ އަމާޒެއް،" އަލީ ވިދާޅުވި އެވެ.

ސެލްޓާ ހެޑް ކުއަޓާސް އަށް ކުރި ޒިޔާރާތަށްފަހު، އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލު ވިދާޅުވީ ސެލްޓައާއެކު މި އުފެދުނު ގުޅުމަކީ ރާއްޖޭގެ ފުޅުބޯޅަ އަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ހުރިހާ އޭރިއާއަކުން ފުޓުބޯޅަ ތަރައްގީ ކުރަން ލިބޭނެ ފުރުސަތެއް ކަމަށެވެ.

ސްޕެއިންގެ ވީގޯ، 2 ނޮވެމްބަރު 2019: މިނިސްޓަރު އަލީ ވަހީދު ސެލްޓަ ވީގޯ ހެޑް ކުއަޓަރަށް އަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން -- ފޮޓޯ: ހާފް ކޯޓް

"ރާއްޖޭގެ ޔޫތު ޓީމުތައް ތަމްރީން ކުރުމާއި މެޑިކަލް ސްޓާފުން ތަމްރީން ކުރުން ފަދަ ގިނަ ކަންތައްތަކެއް ވެސް މި އެއްބަސްވުމުގައި ހިމެނޭ. މި ހުރިހާ ކަމެއް ރާއްޖެއަށް ލިބުމުން ފުޓުބޯޅައިގެ މުސްތަގުބަލް ތަރައްގީ ކުރަން ވަރަށް ބޮޑު ފުރުސަތެއް ލިބޭނެ. ރާއްޖޭގެ ގައުމީ ޓީމަށް މިކޮޅަށް އައިސް ސްލެޓަ ވީގޯގެ ޓީމާއެކު މެޗު ކުޅެން ފުރުސަތު ލިބޭނެ،" ބައްސާމް ވިދާޅުވި އެވެ.

ސްޕެއިންގެ ވީގޯ، 2 ނޮވެމްބަރު 2019 -- ސެލްޓަ ވީގޯ ހެޑް ކުއަޓާސްގައި ހުރި ވަސީލަތްތައް އެ ކްލަބުގެ އޮފިޝަލަކު ކިޔައި ދެނީ -- ފޮޓޯ: ހާފް ކޯޓް

ރާއްޖޭގެ ތާރީހުގައި ޓޫރިޒަމް އިޝްތިހާރު ކުރަން ފަށާ އެންމެ ތަފާތު ކެމްޕޭންގެ އެއްބަސްވުމުގައި މާދަމާ ރަސްމީކޮށް ސޮއި ކުރާނެ އެވެ. ސޮއި ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނީ ބައިނަލްއަގުވާމީ މީޑިޔާތައް ބައިވެރި ވެގެންނެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345