ފައިނު

ބިދޭސީއަކު ބަރަހަނާކޮށް ގެއަކަށް ވަނުމުން ހޫނުވެއްޖެ

Feb 13, 2020
4
ރ. ފައިނު
0%
0%
0%

ރޭގެ ވަގުތެއްގައި ރ. ފައިނުގައި ބަރަހަނާއަށް ހުރި ބިދޭސީއަކު ގެއަކަށް ވަން މައްސަލައެއް ހޫނުވެފައި ވަނިކޮށް ފުލުހުން އެ މީހާ ހައްޔަރުކޮށްފި އެވެ.

ފައިނުގައި ބަރަހަނާ ހާލުގައި ގެއަކަށް ވަދެފައިވަނީ ޕްލޭނިން މިނިސްޓްރީއިން އެ ރަށުގައި ކުރާ މަސައްކަތަކަށް ގެންގޮސް ހުރި މީހެއް ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެ އެވެ. އޭނާ އެ ރަށުގައި މަސައްކަތް ކުރަމުން އައީ ރަށް ގިރަމުންދާތީ އެކަމަށް ފިޔަވަޅު އަޅަން ކުރާ މަސައްކަތުގަ އެވެ.

އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ ބިދޭސީ މީހާ މަސައްކަތް ކޮށްފައިވަނީ ބަޔަކަށް އޭނާގެ ޖިންސީ ގުނަވަން ދައްކައި ޖިންސީ ގޯނާ ކުރާށެވެ. އެމީހާ ހައްޔަރު ކުރީ ބަޔަކު އޭނާ އަތުލައިގަނެ މިއަދު ފުލުހާ ހަވާލު ކުރުމުންނެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް އެ މީހާއާ ބެހޭ ޝަކުވާތައް ރަށު ކައުންސިލަށް އާންމުން ހުށަހަޅާފައިވެ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345