މަސްތުވާތަކެތި

ރާއްޖެ އައި މީހަކު އަތުން ދެ ލައްކައެއްހާ ރުފިޔާގެ ޑްރަގު

Feb 15, 2020

ރާއްޖެ އައި މީހެއްގެ އަތުން ދެ ލައްކައެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމުން ބުނީ މިމަހުގެ ނުވަވަަނަ ދުވަހު ރާއްޖެ އައި އުމުރުން 26 އަހަރުގެ ފިރިހެނެއްގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ގުޅަތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން/ޔާބާ އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެމީހާގެ ލަގެޖްގެ ތެރެއިން ޖުމްލަ 1932 އެމްފެޓަމިން ގުޅަ ފެނިފައިވާއިރު އެތަކެތީގެ މަގުމަތީ އަގު 193,200 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން އެމީހާއާއި އަދި އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.