ހަބަރު

ލަވަކިޔުންތެރިޔާ މުހުތާރު ހޯދަނީ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހުތާރު އާދަމް ހޯދުމަށް ފުލުހުން ފޮޓޯ އާންމުކޮށްފި އެވެ.

ފުލުހުން ބުނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މާލެ ދަފްތަރު ނަންބަރު 8882 މުހުތާރު އާދަމް (48އ) ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މުހުތާރު ހޯދަމުންދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެ އެވެ. މުހުތާރަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިއެކެވެ.