ހަބަރު

މާލެ ހޮސްޕިޓަލްސް ހިންގާ ބޯޑް އެކުލަވާލައިފި

މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ހިންގުމުގެ ހުރިހާ ކަމެއް ބެލެހެއްޓުމަށްޓަކައި އުފައްދަވާފައިވާ "މާލެ ހޮސްޕިޓަލްސް ގަވަނިން ބޯޑް" ގެ ނަން "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" އަށް ބަދަލުކޮށް އެ ބޯޑު އަލުން އެކުލަވައިލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މާލެ ހޮސްޕިޓަލްސް ގްރޫޕްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގުމުގެ ކަންތައްތައް ބެލެހެއްޓުމަށް އުފައްދަވާފައިވާ މާލެ ހޮސްޕިޓަލްސް ގަވަނިން ބޯޑްގެ ނަން މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް އަށް ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ އެ ބޯޑު އަލުން އެކުލަވާލާފައި ވަނީ ޖަނަވަރީ 30، 2010 ގައެވެ.

ބޯޑްގައި ހިމެނޭ ބޭފުޅުން

  • ޑރ. އަބްދުލްއަޒީޒު ޔޫސުފް (ވ. އަކީލާ)
  • އަނީސާ އަހްމަދު (މ. ލޮނުވެލި)
  • ޑރ ފަރުޒާނާ ފިރުދައުސް (ގ. ފެއިތު)
  • ޑރ އިސްމާއީލް ޝަފީއު (މ. ޕޮޕީ)
  • ހާމިދު ސާދިގު (އަލިހިޔާގެ، ޅ. ނައިފަރު)
  • އަބްދުލް މާޖިދު (ގ. ކްރީމްގެ)
  • އާތިފާ އިބްރާހީމް (މ. ދެބުދާރު)
  • އިބްރާހީމް ސަލީމް (މއ. ބަންދުގެ)
  • މާރިޔާ ސައީދު (މއ. ކޮށީގެ)

އަބްދުލްއަޒީޒު ޔޫސުފަކީ މި ބޯޑުގެ ޗެއާމަން އެވެ. އަދި ބޯޑުގެ ވައިސް ޗެއާމަންގެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ އަނީސާ އަހްމަދެވެ.