ވިޔަފާރި

ގިނަ އިނާމުތަކާއެކު އެސްޓީއޯ ރަމަޒާން ބާޒާރު ފަށަނީ

Feb 18, 2020

މުދަލުގެ އަގު ހެޔޮ ކޮށް ގިނަ އިނާމުތަކާއެކު އެސްޓީއޯގެ "ރަމަޒާން ބާޒާރު" ފަށަން ތައްޔާރު ވެއްޖެ އެވެ.

އެސްޓީއޯ ރަމަޒާން ބާޒާރު ފަށާނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.

އެ ކުންފުނިން ބުނީ ކޮންމެ ރޯދަ މަހަކާ ދިމާކޮށް ކުރިއަށް ގެންދާ ބާޒާރު މި އަހަރު ވެސް ހާއްސަ ވާނެ ކަމަށެވެ. މި އަހަރު ގިނަ އަދަދެއްގެ މުދަލުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށާއި އަދި މި އަހަރު ވެސް ބޮޑެތި އިނާމު ތަކެއް ދޭނެ ވެސް ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއަކީ ރޯދަ މަހަށް ހާއްސަކޮށް ގިނަ ބާވަތް ތަކެއް ވިއްކާ ކުންފުންޏެކެވެ.