ރޭޕް

15 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ މެދު އަތޮޅުތަކުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ އެއްް ފުލުހުން ހުށަހެޅުމުން އެކަން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ އައީ ކ. އަތޮޅާއި އއ. އާއި އދ. އަދި ވ އަތޮޅުގައި ހިމެނޭ ސަރަހައްދުގެ ރަށަކުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ވެސް މީހަކު ހައްޔަރުކޮށްފައެއް. ނުވެއެވެ. އަދި މައްސަލައިގެ މާ ބޮޑު ތަފުސީލެއް ވެސް ނުދެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ.