ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖެއިން ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރެވޭ ގޮތް ހަދައިފި

Feb 20, 2020
5

ޗައިނާގެ ވޫހާން ސިޓީން ފެތުރުނު ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރެވޭނެ ގޮތް ރާއްޖޭގައި ހަމަޖައްސައިފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާ ކުރި ޓެސްޓު ކިޓުތަކާ ހަވާލުވުމަށް ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ހަލެތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިއަދުން ފެށިގެން އައިޖީއެމްއެޗް އިން ކޮރޯނާ ވައިރަހަށް ޓެސްޓު ކުރެވޭނެ ކަމަށާއި ޓެސްޓުގެ ނަތީޖާ 10-12 ދުވަސް ތެރޭގައި ލިބޭނެ ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާ ކުރީ 1،000 މީހުން ޓެސްޓް ކުރެވޭނެ ކިޓެކެވެ. މީގެ ކުރިން ރާއްޖެއިން ކޮރޯނާއަށް ޝައްކު ކުރެވުނު މީހުންގެ ޓެސްޓުތައް ހައްދާފައި ވަނީ އިންޑިޔާއަށް ފޮނުވައިގެނެވެ. އެ ޓެސްޓުތަކުގެ ނަތީޖާ އޭރު ލިބުނީ ހަތަރު ދުވަސް ފަހުންނެވެ.

ކޮރޯނާ ވައިރަސް ފެތުރުނު ދުވަސްވަރު ޗައިނާ އިން ރާއްޖެ އައި ހަތް މީހަކަށް އެ ބަލި ހުރި ކަމަށް ޝައްކު ކުރެވިގެން ކަރަންޓީން ކުރި އެވެ. އޭގެ ފަހުން ޗައިނާ ފަތުރުވެރިން ރާއްޖެ އައުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ.