ހަބަރު

ރޭޕްގެ ތުހުމަތު ކުރެވުނު ސިފައިންގެ މީހާއަށް ދައުވާކޮށްފި

Feb 23, 2020

ކުޑަ ކުއްޖަކު ރޭޕް ކުރުމުގެ ތުހުމަތު އަމާޒުވި ސިފައިންގެ މީހާގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ދައުވާ އުފުލައިފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނީ ހދ. ނޮޅިވަރަމްފަރު، ޝެހެނާޒު، މުހައްމަދު އަލީގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކޮށްފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ.

އޭނާ ހައްޔަރުކުރީ 14 އަހަރުގެ ކުއްޖަކަށް ބްލެއިކްމެއިލްކޮށް ރޭޕް ކުރުމުގެ ތުހުމަތުގަ އެވެ. އެއީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އޭނާ މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. މި މައްސަލަ ފެންމަތި ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.