ހަބަރު

އިންޑިއާ ކަލްޗަރަލް ސެންޓަރުން ރާއްޖޭގައި އެކްޓިން ވޯކްޝޮޕެއް

އިންޑިއަން ހައި ކޮމިޝަންގެ ކަލްޗަރަލް ސެންޓަރުގެ ފަރާތުން ރާއްޖޭގައި އެކްޓިން ވޯކްޝޮޕެއް ފަށައިފި އެވެ.

ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އާއި އާޓްސް އެންޑް ހެރިޓޭޖް މިނިސްޓްރީ އާއި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް އަދި މޯލްޑިވްސް ފިލްމު އެސޯސިއޭޝަން ގުޅިގެން ހިންގާ ފަސް ދުވަހުގެ އެކްޓިން ވޯކްޝޮޕް ފެށީ މިއަދު އެވެ.

ވޯކްޝޮޕްގައި ކިޔަވައިދެއްވަނީ ދިއްލީގެ ނެޝަނަލް ސްކޫލް އޮފް ޑްރާމާގެ ޑައިރެކްޓަރު ސުރޭޝް ޝަރްމާ އަދި އެސޯސިއޭޓްގެ ދެ ޕްރޮފެސަރުން ކަމަށްވާ ދިނޭޝް ހަންނާ އާއި އަބްދުލްލަތީފް ހަތާނާ އެވެ.

މި ވޯކްޝޮޕްގައި 34 ބައިވެރިން އެންރޯލް ވެފައިވެ އެވެ. މީގެ ތެރޭގައި ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ ފަންނާނުންވެސް ހިމެނެ އެވެ. ވޯކްޝޮޕް ކުރިއަށްދަނީ ފެބްރުއަރީ 22-26 އަށް ރޭގަނޑު 8-10 އަކަށް މޯލްޑިވްސް މީޑިއާ ސެންޓަރުގަ އެވެ.