އެޑެން ހަޒާޑް

ރެއާލްގައި ހަޒާޑަށް އަނިޔާގެ ސީޒަނެއް

ޗެލްސީގައި ހޭދަ ކުރި ހަތް އަހަރުގައި އަނިޔާގެ ސަބަބުން މެޗުތައް ގެއްލުނު ވަރަށް ވުރެ، ރެއާލް މެޑްރިޑްގެ ފުރަތަމަ ސީޒަންގައި ހަޒާޑަށް ގެއްލުނު މެޗުތަކުގެ އަދަދު ގިނަ ވެއްޖެ އެވެ.

ޗެލްސީގައި ހޭދަ ކުރި ހަތް ސީޒަންގައ، އަނިޔާގެ ސަބަބުން ހަޒާޑަށް ގެއްލުނީ 20 މެޗެވެ. އެ 20 މެޗުގެ ތެރެއިން އަނިޔާގެ ސަބަބުން ޖެހިޖެހިގެން ފަސް މެޗަށް ވުރެ ގިނަ އިން ހަތް އަހަރު ތެރޭ އޭނާއަށް ފުރުސަތު ގެއްލިފައެއް ނުވެ އެވެ. ޗެލްސީގައި 2015/16 ސީޒަންގައި އޭނާގެ ކުޑަކަޅުވާ މަސަގަނޑަށް އަނިޔާ ވެގެން ފަސް މެޗުން ފުރުސަތު ގެއްލުނެވެ.

ރެއާލް އަށް ބަދަލުވެ ސީޒަން ފެށުމުގެ ކުރިން އޭނާ އަށް ލިބުނު އަނިޔާއެއްގައި ފުރަތަމަ ތިން މެޗުން ފުރުސަތު ގެއްލުނެވެ. އަދި އެކްޓުބަރު މަހު ލިބުނު އަނިޔާގައި ދެ މަސްދު ވަސް ވަންދެން ކުޅުމާ ދުގައި ހުންނަންޖެހުމުން އޭނާ އަށް ޖުމުލަ 16 މެޗުން ފުރުސަތު ގެއްލުނެވެ. ހޮނިހިރު ދުވަހުގެ ރޭ ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުގައި ހަޒާޑްގެ ކުޑަކަޅުވާއަށް އަނިޔާވުމުން ކުރިއަށް އޮތް 11 މެޗުގައި އޭނާއަށް ނުކުޅެވޭނެކަން ވަނީ ޔަގީންވެފަ އެވެ. އޭރުން ރެއާލް މެޑްރިޑްގައި އޭނާއަށް 27 މެޗުން ފުރުސަތު ގެއްލުނީ އެވެ.

ސީޒަންގެ ފުރަތަމަ އެލްކްލެސިކޯގައި ވެސް ހަޒާޑަށް ނުކުޅެވުނެވެ. އަންނަ ހަފުތާގެ އޮންނަ ސީޒަންގެ ދެ ވަނަ އެލްކްލެސިކޯގައި ވެސް އޭނާ އަށް ނުކުޅެވޭނެ އެވެ. އަދި ސީޒަންގެ ދެ ވަނަ މެޑްރިޑް ޑާބީގައި ވެސް އޭނާ ކުޅެވިފައެއް ނުވެ އެވެ. ޗެމްޕިއަންސް ލީގްގައި މި އަންނަ ބުދަ ދުވަހުގެ ރޭ ރެއާލް މެޑްރިޑް ނުކުންނާނީ މެންޗެސްޓާ ސިޓީ އާ ދެކޮޅަށެވެ.

ޗެލްސީއަށް 100 މިލިއަން ޔޫރޯ ދިނުމަށް ފަހު، ރެއާލްއިން ހަޒާޑް ލައްވައި ސޮއި ކުރިނަމަވެސް އޭނާގެ ކުޅުން މި ސީޒަންގައި އެންމެ އެދެވޭ ގޮތުގައި ދެއްކޭ ގޮތެއް ނުވެ އެވެ.