ވިޔަފާރި

ހަރަދު ބެލެހެއްޓުން ހަރުދަނާ ކުރަން ކޮންސެލްޓެންޓެއް ހޯދަނީ

Feb 25, 2020
3

ދައުލަތުގެ ހަރަދުތައް ބެހެލެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން، އެކްސްޕެންޑިޗާ ޕޮލިސީ ކޮންސެލްޓެންޓެއް ހޯދަން ފިނޭސުން އިއުލާނުކޮށްފި އެވެ.

މިނިސްޓްރީން އޮފް ފިނޭންސުން ބުނީ އެ މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ދަށުން އިކޮނޮމިކް އެކްސްޕެންޑިޗާ ޕޮލިސީ ޔުނިޓެއް ގާއިމްކޮށް އެ ޔުނިޓުގެ މަސައްކަތް ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ކަމާ ގުޅޭ ދާއިރާ އިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހަކު އެކްސްޕެންޑިޗާ ޕޮލިސީ ކޮންސެލްޓެންޓެއްގެ ގޮތުގައި ހޯދަން ބޭނުންވާ ކަމަށެވެ.

މި ވަޒީފާ އަށް ޝައުގުވެރިވާ ފަރާތް ތަކުން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ޝައުގުވެރިކަން ފާޅުކުރުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވެ އެވެ.

ރާއްޖެއަކީ އާބާދީ އާއި އިގްތިސާދުގެ ނިސްބަތުން އެންމެ ހަރަދު ބޮޑު އެއް ގައުމެވެ. މި އަހަރަށް ސަރުކާރުން 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު، މި އަހަރު މިހާތަނަށް ބަޖެޓުން 2.5 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ.