ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޗައިނާ އިން އައި ދެ ދިވެއްސަކު ކަރަންޓީނު ކޮށްފި

ޗައިނާއިން ރާއްޖެއައި ދެ ދިވެއްސަކު ކަރަންޓީނު ކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއަދު ކަރަންޓީންކޮށްފައިވަނީ ޗައިނާ އަށް ދަތުރު ކުރުމަށްފަހު އެނބުރި ރާއްޖެއައި ދެ ދިވެހިން ކަމަށެވެ. ކަރަންޓީނު ކުރި ނަމަވެސް އެ ދެ މީހުންގެ ގައިން މިހާތަނަށް ކޮރޯނާ ވައިރަސްގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށާއި މިހާރުގެ ހާލަތަށް ބަލާފައި ދެ ދިވެހިން ކަރަންޓީން ކުރީ ކަމަށެވެ.

ޗައިނާގެ ވޫހާން ސިޓީން ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް މިހާތަނަށް ރާއްޖެއިން ފެނިފައިނުވާއިރު ޗައިނާއިން ރާއްޖެ އަންނަ ކޮންމެ މީހަކު، 14 ދުވަސް ވަންދެން ކަރަންޓީން ކުރަން ވަނީ ނިންމާފަ އެވެ.

ކޮރޯނާ ވައިރަސް އަށް މިހާރު ރާއްޖެއިންވެސް ޓެސްޓު ކުރެވެ އެވެ. މި ވައިރަސްގެ ސަބަބުނ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 2،500 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު މިބަލި ޖެހުނު މީހުންގެ އަދަދު 80،000 އަށްވުރެ މައްޗަށް އަރައިފި އެވެ.