ރިޕޯޓް

އިވޯވް ޖިމުން ޒުވާނުންނަށް ރަނުގެ ފުރުސަތެއް!

ދިވެހިންގެ މެދު މަގްބޫލް ޖިމްތަކުގެ ތެރޭގައި ހިމެނޭ އިވޯވް ޖިމްގެ ފަރާތުން ޒުވާނުންނަށް މިހާރު ވަނީ ރަނުގެ ފުރުސަތެއް ހުޅުވާލާފަ އެވެ. އެގޮތުން އިނގިރޭސިވިލާތުގެ މަޝްހޫރު ފިޓްނަސް އިންސްޓިޓިއުޝަނެއް ކަމަށްވާ "ޓްރެއިން ފިޓްނެސް އިންޓަނޭޝަނަލް" އާ ގުޅިގެން ރާއްޖޭގައި ހާއްސަ ކޯސްތަކެއް ހިންގުމަށް ނިންމާ ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ޖިމް އިންސްޓްރަކްޓާ ލެވެލް ދޭ ގެ ކޯހަކާއި، ޕާސަނަލް ޓްރައިނާ-ޕްރެކްޓިޝަނާ ޑިޕްލޮމާ ލެވެލް ތިނެއްގެ ކޯހެއްގެ އިތުރުން ޖިމް އިންސްޓްރަކްޓާ އަދި ޕާސަނަލް ޓްރައިނާ-ޕްރެކްޓިޝަނާ ޑިޕްލޮމާ ލެވެލް ތިނެއްގެ ކޯހެއް ހިންގަން ވަނީ ހަމަޖައްސާފަ އެވެ. މިއީ މި ދާއިރާތަކުން ރާއްޖޭގައި ހިންގާނެ އެންމެ ފެންވަރު ރަނގަޅު ކޯސްތަކެވެ.

ހުރިހާ ކޯހެއްގެ ވެސް އޮންލައިން ބައި ފަށާނީ އަންނަ މޭ މަހުގެ ފުރަތަމަ ދުވަހު އެވެ. އަދި ކޯހުގެ ޕްރެކްޓިކަލް ބައި ކުރިއަށް ގެންދާ ނީ ޖުލައި އެކަކުން އެ މަހުގެ 12 އިގެ ނިޔަލަށެވެ.

ކޯސްތަކަށް މިހާރު އިވޯވްއިން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. ޖިމްގެ ރަސްމީ ނަންބަރަށް ގުޅައިގެން ނުވަތަ އިވޯވްގެ އޮފިޝަލް ފޭސްބްކް އަދި އިންސްޓަގްރާމް ޕޭޖުން މެސެޖުކޮށްގެން ވެސް ކޯހުގެ މައުލޫމާތު ލިބޭނެ އެވެ. މީގެ އިތުރުން އިވޯވްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް މި ކޯހާ ބެހޭ ބްރައުޝާ ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ. އަދި ކޯހުގެ ފީ ބައިބަޔަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ވެސް ހުުޅުވާލާފައި ވެއެވެ

އިވޯވް ޖިމްއާ ގުޅާނީ ކިހިނެތް؟

އިވޯވް ޖިމްގެ ރަސްމީ ނަންބަރުތައް: 9816363 ނުވަތަަ 9918866
އީމެއިލް: [email protected]
ވެބްސައިޓް: evovefitness.com
ފޭސްބްކް އެކައުންޓް:
އިންސްޓަގްރާމް އެކައުންޓް:
ޓްރެއިން ފިޓްނެސް އިންޓަނޭޝަނަލް ވެބްސައިޓް:

އިވޯވް ޖިމުން ޒުވާނުންނަށް ހުޅުވާލާ މި ފުރުސަތުގެ ބޭނުން ހިފާ ޒުވާނުންނަށް އޮތީ އުފާވެރި ހަބަރެކެވެ. އެއީ އިވޯވް ޖިމްގެ ވަޒީފާ ނުވަތަ އިވޯވްގެ އެކި އައުޓްލެޓްތަކުގައި މަސައްކަތް ކުުރުމުގެ ފުރުސަތު ހޯދައި ދިނުމެވެ. އިވޯވްއިން ބުނީ ކޯހުގައި ބައިވެރިވެ ފާސްވާ ކޮންމެ މީހަކަށް ވެސް ފްރީލާންސްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު އެ ޖިމުން ފަހިކޮށްދޭނެ ކަމަށެވެ. އަދި ބައެއް މީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދޭނެ އެވެ.

"މިސާލަކަށް ކްލަޔަންޓުން ގެނެސްގެން ޖިމްގައި އުޅެވޭނެ. އެއީ ޖިމުން އެއްބަސްވާ ވަރަށް ކުޑަކުޑަ ފީއަކާއެކު. އެހެންވީމަ ސެޓިފައިޑް ޓްރައިނަރަކަށް ވުމުގެ އިތުރުން އާމްދަނީ ހޯދޭނެ މަގު ވެސް އަޅުގަނޑުމެން މި ތަނަވަސްކޮށް ދެނީ." އިވޯވްގެ ހެޑް އޮފް އޮޕަރޭޝަން ފާތިމަތު ޝުބާ ޝާހިދު ވިދާޅުވި އެވެ.

ދުނިޔޭގެ މަޝްހޫރު ފިޓްނަސް އިންސްޓިޓިއުޓެއް މެދުވެރިކޮށް ރާއްޖޭގައި މި ފެންވަރުގެ ކޯހެއް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ފިޓްނެސްގެ ދާއިރާއިން ތަޖުރިބާ ހުރި މީހުން ބިނާ ކުރުމެވެ. ހާއްސަކޮށް ސެޓިފައިޑް އަދި ގާބިލް މީހުން ބިނާ ކުރުމަކީ އިވޯވްގެ އެންމެ ބޮޑު ބޭނުމެވެ.


"އިންސްޓަކްޓަރުން މި ކުޅެނީ މީހުންގެ ބޮޑީއާ ދެއްތޯ. އެހެންވީމަ އެއީ އެކަމުގެ ހަގީގީ މައުލޫމާތު ލިބިގެން ނޫނީ ކުރަންވާނެ ކަމެއް ނޫން. މުޅި ގައުމުގެ ދުޅަ ހެޔޮ ކަމަށްޓަކައި ފިޓްނެސް އިންސްޓްރަކްޓަރުންގެ ދައުރު މުހިންމު. އެހެންވީމަ އެފަދަ ބަޔަކު އުފައްދަން އެބަޖެހޭ. އިވޯވް މި އިސް ނަގަނީ އެކަމަށް." ޝުބާ ވިދާޅުވިއެވެ.

އީވޯވް އިން "ޓްރެއިން ފިޓްނެސް އިންޓަނޭޝަނަލް" އާ ގުޅިގެން ކުރިއަށް ގެންދާ ކޯސްތަކުގައި ބައިވެރިވާ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގެ ސެޓިފިކެޓެއް ދޭނެ އެވެ. މިއީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.

ސެޓިފިކެޓް އެކްރެޑިޓް ކޮށްފައިވާ ފަރާތްތައް

  • ވައިއެމްސީއެމް އެވޯޑްސް
  • އެކްޓިވް އައިކިއު
  • އެމެރިކަން ކޮލެޖް އޮފް ސްޕޯޓްސް މެޑިސިން (އޭސީއެސްއެމް)
  • އެމެރިކަން ކައުންސިލް އޮން އެކްސަސައިޒް (އޭސީއީ)

މީގެ އިތުރުން "ޓްރެއިން ފިޓްނެސް އިންޓަނޭޝަނަލް" ގެ ބްރާންޗްތައް އިނގިރޭސިވިލާތުގެ އިތުރުން ޗައިނާ އާއި މެލޭޝިޔާ އާއި ޓައިވާން، ވިއެޓްމާން އަދި އޮސްޓްރޭލިއާގައި މިހާރު ވެސް ހިންގަމުން ދެ އެވެ.

އިވޯވް ޖިމަކީ ކޮބާ؟

އިވޯވް ޖިމް އުފެދިފައިވަނީ އޮކްޓޫބަރު 1، 2018 ގައެވެ. މިއީ މިހާރު މާލޭގައި ހުރި އެންމެ ހިތްގައިމު އެއް ޖިމެވެ.

ޖިމްގައި ބޭނުން ކުރަމުންދަނީ އެންމެ ފަހުގެ އާލާތްތަކެވެ. ބްރޭންޑެޑް ތަކެއްޗެވެ. އެއީ ޖާގަ ތަނަވަސް، ހިތްގައިމު މާހައުލެކެވެ.

މއ. ފިނިފެންޖަންބުގެ ފުރަތަމަ ފަންގިފިލާގައި ހިންގަމުންދާ އިވޯވްގެ ޖިމް ވަނީ ދެ ޖިންސަށް ވެސް ހުޅުވާލާފަ އެވެ. އެއީ ހުރިހާ އުމުރު ފުރައަކަށް ވެސް ފުރުސަތު އޮތް ޖިމެކެވެ. މީގެ އިތުުރުން ރަނގަޅު އެފޯޑަބަލް އަގުތަކެއްގައި ޖިމްގެ ހިދުމަތް ބޭނުން ކުރެވޭނެ އެވެ. ޖިމްގައި ޕާސަނަލް ޓްރެއިނަަރުންގެ ގޮތުގައި ހަރަކާތްތެރިވަމުން ދަނީ ތަޖުރިބާއާ އިލްމު ލިބިފައިވާ ގާބިލް ޓްރެއިނަރުންނެވެ. އެ ޓްރެއިނަރުންގެ ހިދުމަތް ލިބޭނެ ވަރަށް ރަނގަޅު ޕެކޭޖްތަކެއް ވަނީ ތައާރަފް ކޮށްފަ އެވެ.