ޗެމްޕިއަންސް ލީގް

ބަޔާނުން ޗެލްސީ ބަލިކޮށްފި

ބަޔާންއަށް މެޗުގައި ދެ ލަނޑު ކާމިޔާބު ކޮށްދިން ސާޖް ނެބްރީ
0%
0%
0%

ބަޔާން މިޔުނިކުން 3-0 ގެ ނަތީޖާ އަކުން މޮޅުވެ، ޗެލްސީގެ ހޯމް ސްޓޭޑިއަމް، ސްޓެމްފޯޑް ބްރިޖުގައި ބަޔާނުން ޗެލްސީ އަތް ދަށުލައިފި އެވެ.

ޗެލްސީގެ ކޯޗް، ފްރޭންކް ލަމްޕާޑްވެސް ބުނީ، އޭނާގެ ޓީމަށް މެޗުން "ހިތި ފިލާވަޅެއް ލިބިއްޖެ" ކަމަށެވެ. މެޗުގައި ބަޔާންގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ސާޖް ނެބްރީ އެވެ. ބަޔާންގެ ތިން ލަނޑު ވެސް ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

ފުރަތަމަ ލަނޑު ނެބްރީ ކާމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓްގަ އެވެ. އޭގެ ތިން މިނެޓް ފަހުން އޭނާ ވަނީ ބަޔާންއަށް މެޗުގެ ނަތީޖާ ފުޅާ ކޮށްދީފަ އެވެ. ނަޔާންގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 76 ވަނަ މިނެޓްގައި ރޮބަޓް ލެވަންޑޮސްކީ އެވެ.

މެޗުގެ އެންމެ ފަހު 10 މިނެޓް ޗެލްސީން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެ ޓީމުގެ ޑިފެންޑަރު މާކޯސް އޮލޮންސޯއަށް ރަތް ކާޑު ދެއްކުމުންނެވެ. މެޗުގައި ރީނދޫ ކާނޑެއް ދައްކާފައި ވުމުން، މިޔުނިކްގައި ކުޅޭ މެޗުގައި ޗެލްސީގެ ޖޯޖީނިއޯއަށް ވެސް ނުކުޅެވޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345