ހަބަރު

ކުއްލިއަކަށް މާލޭ ސިޓީގެ ރައްޔިތުންނާ ކައުންސިލް ބައްދަލު ކުރަނީ

Feb 26, 2020
1
މާލެސިޓީ ކައުންސިލްގެ ނަން ބޯޑު: މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ކައުންސިލް ބައްދަލު ކުރަން ވަނީ ނިންމާފައި -- ފޮޓޯ: އަވަސް އާކައިވް
0%
0%
0%

މާލޭ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ގާނޫނު ބުނާ ބައްދަލުވުން ކުއްލި ގޮތަކަށް ބާއްވަން ނިންމައިފި އެވެ.

މާލޭ ސިޓީގައި ހިމެނޭ ވެރިރަށް މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުވާން ގާނޫނު ލާޒިމް ކުރާ ބައްދަލުވުން، އިންތިހާބަކާ ދިމާކޮށް ބާއްވާއިރު މި ބައްދަލުވުން މީގެ ކުރިން ބާއްވާފައެއް ނުވެ އެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ އެ ބައްދަލު ވުމަކީ ގާނޫނު ލާޒިމު ކުރާ ބައްދަލުވުމެއް ކަމަށާއި މިއީ ކޮންމެ މަހަކު ބާއްވާނެ ބައްދަލުވުމެއް ކަމަށެވެ. މާދަމާރޭ 8:30 ގައި އިސްކަންދަރު ސްކޫލް ހޯލުގައި މިމަހުގެ ބައްދަލުވުން ބާއްވާނެ ކަމަށެވެ.

އެ ބައްދަލުވުމަށް މާލޭ ސިޓީގެ ހުރިހާ ރައްޔިތުންނަށް ދައުވަތު ދީފައިވާ އިރު އިސްކަންދަރު ސްކޫލްގެ ހޯލަށް އެ އެންމެން ޖަމާވާނެ ގޮތެއް ބުނެފައެއް ނުވެއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345