ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވުހާންގައި ތިބި ފަހު ދެ ދިވެހިން އިންޑިއާއަށް ގެންގޮސްފި

Feb 27, 2020

ކޮރޯނާވައިރަސް ފެތުރެން ފެށި ޗައިނާގެ ވުހާން ސިޓީގައި ތިބި ނުވަ ދިވެހިންގެ ތެރެއިން އެ ސިޓީގައި މަޑުކުރި ދެ ދިވެހިން ވެސް އިންޑިއާއަށް ގެންގޮސް ކަރަންޓީނުކޮށްފި އެވެ.

އިންޑިއާގެ އެހީތެރިކަމާއެކު ވުހާން ސިޓީއިން އެ ދެ ދިވެހިން ނެރެ، ނިއު ދިއްލީއަށް ގެންދިޔައީ މިއަދު ހެނދުނު އެވެ. އެ މީހުން ދިއްލީއަށް ގެންދިޔައީ ވުހާންގައި ތިބި އިންޑިއާ މީހުން ނެރުމަށް ބޭނުން ކުރި އިންޑިއާގެ އެއާ ފޯސް މަތިންދާބޯޓުގަ އެވެ.

އެ ދެ ދިވެހިން 14 ދުވަހަށް އިންޑިއާގައި ކަރަންޓީނުކޮށްފައި ބައިތިއްބާނެ އެވެ.

ދެ ދިވެހިން ވުހާން ސިޓީއިން ނެރެދިނުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވަނީ އިންޑިއާއަށް ޝުކުރި އަދާ ކުރައްވާފަ އެވެ.

ވުހާން ސިޓީގައި ތިބި ނުވަ ދިވެހިންގެ ތެރެއިން ހަތް ދިވެހިން މީގެކުރިން އެ ސިޓީއިން ނެރެ އިންޑިއާގައި ކަރަންޓީނުކުރި އެވެ. އެމީހުން ވައިރަސްއަށް ޝައްކު ނުކުރެވޭތީ ވަނީ ދޫކޮށްލާފަ އެވެ. ދޫކޮށްލުމުން ހަތް ދިވެހިން ވެސް ރާއްޖެ އަ އެވެ.