ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާއިން ބޭސް އެކްސްޕޯޓް ކުރުން ލިމިޓްކޮށްފި

Mar 4, 2020

އަވަށްޓެރި އިންޑިއާއިން ބޭސް އެކްސްޕޯޓް ކުރުން ލިމިޓްކޮށްފި އެވެ. ލިމިޓްކުރި ބޭސްތަކުގެ ތެރޭގައި އާންމު ބޭހެއް ކަމަށްވާ ޕެރެސެޓްމޯލް ވެސް ހިމެނެ އެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އިންޑިއާއިން ބޭސް އެކްސްޕޯޓް ލިމިޓްކުރީ ބޭސްތަކަށް ބޭނުންވާ އިންގްރީޑިއެންޓްތައް ޗައިނާއިން ލިބުން ދަތިވުމުންނެވެ. ޗައިނާ މިހާރު އޮތީ ކޮރޯނާ ވައިރަހުގެ ބިރުވެރިކަމުގެ ތެރޭގަ އެވެ.

އިންޑިއާއިން އެކްސްޕޯޓް ކުރުން ލިމިޓް ކޮށްފައިވަނީ 26 ވައްތަރެއްގެ ބޭހެވެ.

އިންޑިއާއަކީ ޖެނެރިކް ބޭސްތައް އެންމެ ގިނައިން ސަޕްލައި ކުރާ ގައުމެވެ. އެހެންކަމުން އެ ގައުމުން ބޭސް ލިމިޓް ކުރުމުން އޭގެ ދަތި މުޅި ދުނިޔެއަށް ވެސް ކުރާނެ އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން އެކި ގައުމުތަކުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. ވައިރަސް ޖެހިގެން ދުނިޔޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އެ ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ގޮސް މިހާރު އެ ވައިރަސް ވަނީ 61 ގައުމަކުން ފެނިފަ އެވެ. އަދި 85،000 އަށްވުރެ ގިނަ މީހުނަށް އެ ވަައިރަސްއަށް ޕޮޒިޓިވް ވެފައިވެ އެވެ.