ޗައިނާ - އިންޑިއާ ބޯޑަރު ސަރަހައްދުގައި މަޝްރަހު ނުތަނަވަސް ނަމަވެސް ބޮޑު ކަންތައްގަނޑެއް ނުހިނގާ ކަމަށް އިންޑިއާ ސިފައިން ބުނެފި އެވެ. އެ ސަރަހައްދަކީ ދޭތެރެ ދޭތެރެއިން ކުދިބޮޑު ހަމަނުޖެހުން ހިނގާ ސަރަހައްދެއް ކަމަށާއި މިފަހުން ހިނގައިގެން އުޅެނީ އާދައިގެ ކަމެއް ކަމަށެވެ.
އިންޑިއާ ސިފައި ބުނީ ސިއްކިމްގައި ކުރިމަތިލުމެއް ހިނގި ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވަނީ ސައިޒު އޮޅޭ ގޮތަށް ކަމަށެވެ. އަދި ބުނީ މަސްލަހަތު ނުތަނަވަސް މާހައުލެއްގައި ކަންތައްތައް ވެސް ހިނގާނެ ކަމަށާއި މީހުންނަށް ވެސް އަނިޔާވާނެ ކަމަށެވެ.
އިންޑިއާ ޓްޑޭގައި ރިޕޯޓް ކޮށްފައިވާ ގޮތުން މައްސަލައަކަށްވީ ޗައިނާ ސިފައިން ބޯޑަރު ހުރަސް ކުރަން އުޅުމެވެ.
"އެކަމާ ދެކޮޅު ހަދާ އިންޑިއާ ސިފައިން ވެސް އެމީހުންނާ ކުރިމަތިލީ" އިންޑިއާ ޓްޑޭ ލޯކަލް ބްރޯޑްކާސްޓިން ސްޓޭޝަނުން ބުނެފައިވެ އެެވެ.
އިންޑިއާ ޓްޑޭއިން ބުނީ ޗައިނާ ސިފައިންގެ 20 މީހުންނަށް އަނިޔާވި ކަމަށާއި އިންޑިއާ ސިފައިންގެ ތެރެއިން އަނިޔާވީ ހަތަރު މީހުންނަށް ކަމަށެވެ. އެހެން ނަމަވެސް، އިންޑިއަން އާމީން ނެރުނު ބަޔާނުގައި އަދަދު ކަނޑައަޅައި އަނިޔާވި މީހުން ބުނެފައެއް ނުވެ އެވެ. ބަޔާނުގައި އެދިފައި ވަނީ ސައްހަ ނޫން މައުލޫމާތު ހާމަ ނުކުރުމަށާއި އަދަދު ކަނޑައަޅައި ވާހަކަ ނުދެއްކުމަށެވެ.
ޗައިނާއިން ބުނީ އިންޑިއާ މީޑިއާއިން ހަދާފައި ވަނީ ދޮގެއް ކަމަށެވެ. "ޕީޕަލްސް ލިބަރޭޝަން އާމީ އޮފް ޗައިނާ" އަށް ނިސްބަތްވާ 20 ސިފައިންނަށް އަނިޔާވި ކަމަށް އިންޑިއާއިން އެ ބުނަނީ ފޭކެއް ކަމަށް ވެސް ޗައިނާއިން ބުނެފައިވެ އެވެ.
ޗައިނާއާ އިންޑިއާ ސިފައިން މި ސަރަހައްދުގައި ހިންގާ ހަމަނުޖެހުންތަކުގެ ސަބަބުން ފުރާނަ ގެއްލި އާއިލާތައް ރޫޅިދެ އެވެ. ބައެއް ފަހަރު ވަރަށް ހިމޭންކޮށް އޮވެފައި ކަނިކަނޑައިގެނދާ ފަހަރުތަކުގައި ދެ ގައުމަށް ވެސް ބޮޑެތި ގެއްލުންތައް ވެއެވެ.