ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާގައި ކަރަންޓީނު ކުރި ދިވެހިން ރާއްޖެ ގެނެސްފި

ޗައިނާގެ ވޫހާން ސިޓީން ނެރެގެން އިންޑިއާގައި ކަރަންޓީނު ކުރި ހަތް ދިވެހިންގެ ކަރަންޓީނު މުއްދަތު ހަމަކޮށް އެނބުރި ރާއްޖެ ގެނެސްފި އެވެ.

އިންޑިއާގެ ދިއްލީ ބޭރުގައި ހުންނަ އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްގެ ކޭމްޕުގައި ކަރަންޓީނުކުރި ދިވެހިންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުންނާއި ފިރިހެނެއްގެ އިތުރުން ކުޑަކުއްޖެކެވެ. މި ހަތް މީހުންވެސް ވަނީ ބައިނަލްއަގުވާމީ މިންގަނޑު ތަކާ އެއްގޮތަށް 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ވަނީ ފުރިހަމަކޮށްފަ އެވެ.

އެއާ އިންޑިއާގެ ފްލައިޓެއްގައި އެ ހަތް މީހުން ރާއްޖެ އައުމަށް ދަތުރު ފެށީ މިއަދު ފަތިހު 5:30 ހާއިރު އެވެ. މިއަދު 10:20 ހާއިރު ރާއްޖެ އައި ދިވެހިން އާއްމުންނާ ހަމައަށް ނެރުނީ އެއާޕޯޓުގައިވެސް ތާމަލް ކެމެރާ އިން ޓެސްޓު ކުރުމަށްފަހު އެވެ. ދިވެހިން ރިސީވް ކުރުމަށް ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލުންވެސް އެެއަޕޯޓުގައި ހަރަކާތްތެރިވި އެވެ.

މި ހަތް ދިވެހިންވެސް ކޮވިޑް-19 ބައްޔަށް ނެގަޓިވްކަން ހާމަކުރެއްވީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.