ހަބަރު

މޯލްޑިވިއަނުން ކޮޗިންގެ ދެކޮޅު ޓިކެޓު 151 ޑޮލަރަށް!

ގައުމީ އެއާލައިން، މޯލްޑިވިއަނުނ ކޮޗިންގެ ދެކޮޅު ޓިކެޓު 151 ޑޮލަރު (ގާތްގަނޑަކަށް 2328.42 ރުފިޔާ) އަށް ވިއްކަން ފަށައިފި އެވެ.

މޯލްޑިވިއަން އިން ބުނީ މިހާރު އެ ކުންފުނީގެ ވެބްސައިޓުން އޮންލައިންކޮށް އެ އަގުގައި ޓިކެޓް ބުކިން ހެއްދޭނެ ކަމަށެވެ.

އިންޑިއާގެ ކޮޗިންއަކީ ދިވެހިންގެ ގިނަ ބަޔަކު ބޭހަށް ދާ ސިޓީ އެކެވެ. މޯލްޑިވިއަންގައި ރާއްޖެ އިން ސީދާ ކޮޗިނަށް ހަފުތާއަކު ތިން ފްލައިޓް ބާއްވަ އެވެ.

މޯލްޑިވިއަން އިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ހަނިމާދޫން ކޮޗިނަށްވެސް ސީދާ ދަތުރުތައް ފަށާފަ އެވެ.

މޯލްޑިވިއަން އިން ކޮޗިނަށް ހާއްސަ ފެއާއެއް ފަށާފައިވާއިރު އަންނަ މަހު އަށަކުން ފެށިގެން 12 ވަނަ ދުވަހަށް ސްކޫލްތަކުގެ މިޑްޓާމް ބަންދު ފަށާނެ އެވެ.

ގައުމީ އެއާލައިން އިން މިހާރު އިންޑިއާގެ ޓްރިވެންޑްރަމްގެ އިތުރުން ޗެންނާއީއަށް ވެސް ދަތުރު ކުރެ އެވެ. މީގެ އިތުރުން ޗައިނާގެ ގިނަ އަދަދެއްގެ ސިޓީތަކާއި ތައިލެންޑުގެ ބެންކޮކް އަދި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ވެސް ދަތުރު ކުރެ އެވެ.