ވިޔަފާރި

ބެސްޓް ހަނީމޫން ހޮޓަލަކަށް އަމިއްލަފުށި

ރަޝިއާގައި ބޭއްވި ވެޑިން ޓްރެވަލް ފެއާގައި ރާއްޖޭގެ އަމިއްލަ ފުށި ރިސޯޓަށް ބެސްޓް ހަނީމޫން ހޮޓެލް އެވޯޑު ލިބިއްޖެ އެވެ.

މޮސްކޯގެ ފޯސީޒަން ހޮޓެލްގައި ބޭއްވި މި ރަސްމިއްޔާތުގައި އަމިއްލަ ފުށީގެ ފަރާތުން އެވޯޑާ ހަވާލުވީ އެ ރިސޯޓުގެ ޑިރެކްޓާ އޮފް އިންޓަނޭޝަނަލް ސޭލްސް ނަސްރުﷲ އާދަމް އާއި ސޭލްސް މެނޭޖަރު އާލިއާ ކޮސްކޯވާ އެވެ. އެ ރިސޯޓަށް ލިބިފައިވަނީ ވެޑިން ޓްރެވަލް އެވޯޑުގެ ހަނީމޫން ޓްރެވަލް އެވޯޑެވެ.

ފަސް އަހަރު ކުރިން ބ. އަތޮޅުގައި ހުޅުވި އަމިއްލަ ފުށި ރިސޯޓަކީ ރާއްޖޭގައި ހިންގޭ އެންމެ ފެންވަރު މަތީ އެއް ރިސޯޓެވެ. އެ ރިސޯޓުގައި އެންމެ މަތީ ފަންތީގެ 70 ކޮޓަރި ހުރެ އެވެ.

އެ ރިސޯޓުގައި އެންމެ މަތީ ފަންތީގެ 70 ކޮޓަރި ހުރެ އެވެ. އަދި މި ރިސޯޓުގެ ޕޫލަކީ ރާއްޖޭގައި އޮތް އެންމެ ހިތްގައިމު އެއް ސުވިމިން ޕޫލެވެ.