ވައްކަން

އައްޑޫ ކަސްޓަމްސް ފަޅާލައި ވައްކަންކޮށްފި

އައްޑު އަތޮޅު ހިތަދޫގައި ހުންނަ ކަސްޓަމްސްގެ އޮފީސް ފަޅާލައި އެތަނުން ގިނަ އަދަދެއް ލިޔެކިޔުމާއި ކޮމްޕިއުޓާ ސިސްޓަމެއް ވަގަށް ނަގައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެމުން ފުލުހުންގެ އިދާރާއިން ބުނީ ކަސްޓަމްސްގެ ހިތަދޫ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވާކަން އެނގުނީ އިއްޔެ ހަވީރު ކަމަށެވެ. މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި ވައްކަންކޮށްފައި ވަނީ އެ އޮފީހުގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ އެވެ. އެނގިފައިވާ ގޮތުގައި އެ އޮފީހުން ވަގަށް ނަގާފައި ވަނީ އެތަނުގެ ވެރިން ބޭނުން ކުރަމުން އައި ކޮމްޕިއުޓާ ސިސްޓަމަކާއި އެތަނުގެ މުހިންމު ލިޔެކިޔުންތަކެވެ.